ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް 20 އަހަރުގެ މާސްޓާރ ޕްލޭނެއް ތައްޔާރު ކުރާނެ ކަމަށް

ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ގައުމާއި މުހާތަބު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމައްޓަކާއި، 20 އަހަރުގެ މާސްޓާޕްރ ޕްލޭންއެއް ތައްޔާރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރައީސް ކަމުގެ ހުވާ ކުރުމުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓައި 20 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލަނެ ކަމަށެވެ. އެގޮތުން އެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ބޭނުންތައް މެދުނުކެނޑި ފުއްދުމަށް އެންމެ އެކަށޭނެ ޕްލޭނެއް ކަމަށާއި، އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ވެސް ހޯދައި ދެވޭނެ ކަމަށް ވިދާޅުުވިއެވެ.

އެ ޕްލޭނުގެ ތެރެއިން ރާއްޖޭގެ ދެކުނާއި އުތުރުގައި އިންޓަގްރޭޓެޑް ޒޯންގެ ދެ ޒޯނެއްވެސް ގާއިމް ކުރެވޭނެ ކަމަށާއި، މީގެ އިތުރުން ރާއްޖޭގެ 7 ސަރަހައްދެއްގައި އާބަން ސެންޓަރުތައް ވެސް ގާއިމް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މަސައްކަތްތެރިންނަށް ވެސް އެ ޕްލޭނުގެ ދަށުން ފުރުސަތުތަކެއް ހުޅުވާލާއިގެން ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ތައުލީމާއި އިލްމުން ފުރިގެންވާ ބަޔަކު ތިބި ގައުމެއްގެ ގޮތުގައި ރާއްޖެ ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބިންވެރިކަން ޔަގީން ކޮށްދޭނެ ކަމަށާއި، ދިވެހިންނަކީ އުފާ ފާގަތި ދިރިއުޅުމެއްގައި އުޅޭ ދިވެހިން ތަކަކަށް ހަދާ ކޮރަޕްޝަނާއި ވައްކަމަށް ނޫނެކޭ ބުނާނެ ގައުމަކަށް ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: