ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ފިކުރެއްވިޔަސް މުހިންމީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތްކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ޕާޓީއެއްވިޔަސް އަދި ކޮންމެ ފިކުރެއްވިޔަސް މުހިންމީ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ހިދުމަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގަލޮޅު އުތުރުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަކި ފިކުރަކަށް ނުބައްލަވާ ކަމަށާއި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ކޮންމެ ރައްޔިތަކުވެސް ހަމަހަމަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކަން މިދިޔަ ހުރިހާ އިވެންޓުތަކުންނާއި އެކި ހަރަކާތްތަކުން ފެނިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތަފާތުކުރުމެއްނެތި އީދަށްވެސް ހުރިހާ ސިޓީއެއް އަދި ވެރިރަށްތައް ދިއްލާލައިފައިވާ ކަމަށާއި މި ސަރުކާރުން ތަފާތުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށެވެ. ރައީސް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަންކަމަށެވެ. އެންމެ ބޮޑަށް އުނދަގޫވެފައި، މުހިންމުވެފައި ނުވަތަ ދަތިވެފައިވާ ކަމަކީ ގެދޮރުވެރިކަން ކަމަށާއި އަދި އެކަން ހައްލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިމަަސައްކަތް ކުރުމުގައި ވަރަށް ގިނަ ކަންކަން ކުރުމަށް އެބަހުރި ކަމަށާއި އަދި ވަރަށް ގިނަ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ބަޖެޓުގެ ތެރެއިން ގިނަ ކަންކަން ހުރި ކަމަށާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ މެންބަރުން ހޮވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: