ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސް ކޯލިޝަންގެ ބޮޑު ހިނގާލުން މާދަމާ!

ޕީއެންސީގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސް ކޯލިޝަނުން ކެމްޕެއިން ނިންމާލުމަށް ބާއްވާ ބޮޑު ހިނގާލުން މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ އިން ކުރާ އެންމެ ފަހުގެ ކެމްޕެއިން ހަރަކާތުގެ ގޮތުން ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ސަރުކާރުގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް މާލެ ސަރަހައްދާއި އަދި އަތޮޅު ތެރޭގައިވެސް ވަނީ ބާއްވާފައެވެ.

ޕީއެންސީގެ އަމާޒަކީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި ހޯދުމެވެ. ޕީއެންސީގެ ކެންޑިޑޭޓުންނާއި އެކު ރައީސް ޑރ. މުއިއްޒު ވެސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކެމްޕެއިން ހަރަކާތްތަކުގައި އެންމެގިނައިން ރައީސް ފާހަގަކުރައްވަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައިވެސް ސަރުކާރަށް ފަސޭހަ ވެގެންދާނީ މެޖޯރިޓީ ލިބިގެން ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ހިތްހަމަ ނުޖެހުންތައް އެއްފަރާތް ކުރަން ލިބޭ ފުރުސަތު ކަމަށާއި އާއިލާއަށް ބެލުމެއް ނެތި ވޯޓު ދޭންވީ ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެކިއެކި ކަންކަމާއި ގުޅިގެން އެންމެންގެ ތެރޭގައި ވެސް ހިޔާލްތަފާތުވުންތަކާއި، ހިތްހަމަ ނެޖެހުމާއި އެ ނޫން ވެސް އެކި ކަހަލަ މައްސަލަތައް ހުންނާނެ ކަމަށެވެ.

ނަމަވެސް އަންނަ އާދީއްތަ ދުވަހަކީ ހިތްހަމަ ނުޖެހުންތައް އެއްފަރާތް ކުރަން ލިބޭ ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: