ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީއަކާއި ނުލައި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓު 13 މެމްބަރަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ 13 މެންބަރަކަށް ޓިކެޓު ކަށަވަރުވެފައި ވާކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަޖިލީސް ޓިކެޓަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅައިފައިވާ ދާއިރާތައް ކަމަށާ އެ ބޭފުޅުންނަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މާޗް 17 ގައި ބޭއްވުމަށް ނިންމާފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރަން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލުމުން 11 ދާއިރާއަކަށް ހުށެއެޅުން ލިބުނީ އެންމެ މެންބަރެއްގެ ފަރާތުން ކަމަށް ވުމުން މި މަހުގެ 27 ވަނަ ދުވަހު އެ ދާއިރާތަކުގައި ޕްރައިމަރީ ނޯންނާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޕްރައިމަރީއަކާއި ނުލާ ކަށަވަރުވެފައިވާ މެންބަރުންގެ ތެރޭގައި:

  • ހޯރަފުށީ ދާއިރާ – އަލީ މޫސާ
  • ބާރަށު ދާއިރާ – އިބްރާހިމް ޝުޖާއު
  • ހަނިމާދޫ ދާއިރާ – އިދުރީސް އަބްދުﷲ
  • އޭދަފުށީ ދާއިރާ – އަހްމަދު ސަލީމް
  • މަހިބަދޫ ދާއިރާ – އަހްމަދު ތޯރިގް
  • ނިލަންދޫ ދާއިރާ – ފާތިމަތު ސައުދީ
  • ތިމަރަފުށި ދާއިރާ – އިބްރާހިމް ސަނާހް
  • ފޮނަދޫ ދާއިރާ – އަހްމަދު އަޒާން މަރްޒޫގް
  • ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު
  • ގަލޮޅު ދެކުނު ދާއިރާ – އިބްރާހީމް މުހައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ – އަލީ އިބްރާހީމް
  • ހުޅުމާލެ މެދު ދާއިރާ – އަބްދުﷲ ޝަޒީމް

މަޖިލީސް ޓިކެޓް 13 ބޭފުޅަކު ކަށަވަރު ކުރައްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ ގައި ވޯޓް ލެވޭނެ މީހުންނާއި ޕްރައިމަރީ އޮންނާނެ ދާއިރާތައް ވަނީ އިއުލާނު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: