ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ދިނީ ޓެރެރިސްޓް ހަމަލާއެއް، ތަޙްޤީޤްކުރުން ހަލުވިކުރަން ޖެހޭ: ޕީޕީއެމް/ޕީއެންސީ

ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްކަމަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ވެރިކަން ކުރާ މައި ކޯލިޝަނުން ގޮވާލައިފިއެވެ.

ޝަމީމަށް ދިން ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެ ހަމަލާ ކުށްވެރިކޮށް، ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުން ބަޔާނުގައި ބުނީ މިއީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ޤާބިލްކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަޙްޤީޤްކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އެ ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރީންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ޙަރަކާތްތަކެއްކަމަށާއި، ކަން ހިނގާފައިވާގޮތާއިމެދު މިހައިތަނަށް މީޑިއާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ބަޔާނުގައިވެއެވެ. މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާޞިލުވުމަށް، ތަޙްޤީޤްގައި މަސައްކަތްކުރުން މުހިންމުކަމުގައި އެ ޕާޓީއިން ދެކޭކަމަށް އޮވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އެ ކޯލިޝަން އޮތްހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، އަދި ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި އެ ކޯލިޝަން އަބަދުވެސް ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ.

ޝަމީމް މަޤާމުގެ މަސްއޫލިއްޔަތާއި ޤައުމީ ޒިންމާތައް އަދާކުރެއްވުމަށް، ރަސްމީ މަސައްކަތަށް ދާދި އަވަހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނޭކަމަށް އުންމީދުކުރާކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: