ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީއަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްއަށް ދިން ހަމަލާގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

މި ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި ހަމަލާގެ އަޑީގައި ހިމެނޭ ބަޔަކު ތިބެދާނެކަމަށް ލަފާ ކުރެވޭތީ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރެވެމުންކަމަށެވެ. މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންނަކީ، ކުށުގެ ރިކޯޓު އޮތް ބައެއްކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ. ޝަމީމަށް ދިން ހަމަލާގެ މަގްސަދު އަދި ދެނެގަނެވިފައިނުވާކަމަށްވެސް ފުލުހުން ބުނިއެވެ.

ހަމަލާ ދިން ވަގުތު ސެކިއުރިޓީގެ ހިދުމަތް ހޯދައިފައި ނެތްކަމަށް ފާހަގަކޮށް ސީޕީ ޝުޖާއު ވިދާޅުވީ ތްރެޓް ލެވެލް އޮތް މިންވަރު ބަލާ، ދައުލަތުގެ އިސްވެރިންގެ ސެކިއުރިޓީ ވަރުގަދަ ކުރައްވާނެކަމަށެވެ.

ތްރެޓްއެއް ނެތްކަމުގައި ވީ ނަމަވެސް 24 ގަނޑިއިރު ދައުލަތުގެ އިސް ފަރާތްތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ޝަރީއަތުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން، ޝަމީމަށް ނުރައްކާ އޮތްކަމަށް ފެންނާތީ މީގެ ކުރީގައި އެބޭފުޅާއަށް ސެކިއުރިޓީ ދިންކަމަށާއި، ނަމަވެސް މިހާރު އޮތީ ސެކިއުރިޓީ ކަނޑާލާފައިކަމަށް ސީޕީ ވިދާޅުވިއެވެ. ހަމަލާ ދިފައި މިވަނީ ސެކިއުރިޓީ މެދުކަނޑާލާފައިވަނިކޮށްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިނީ އިއްޔަގެ ހެދުނުގެ ވަގުތެއްގައި، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުން ދާނެކަމަށް ފުލުހުން ބުނިއެވެ.

މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވާފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި މައްސަލައެކެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރައިސް ކުރައްވައި ފޮނުވި ސިޓީގައި ވަނީ ޝަމީމަށް ދީފައި ވަނީ ނުރައްކާތެރި ހަމަލާއެއްކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގު ކުރޭތޯ އާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގި ނިންމާކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ.

ހަސަންގެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ކޮމިޓީން، އެ ހަމަލާގެ ތަހުގީގު ކުރިޔަށް ދާގޮތް ގާތުން ބެލުމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: