ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާ ދިނީ ސިޔާސީ މަގުސަދެއްގައިކަމަށް ރައީސް ސޯލިހު ވިދާޅުވި ސަބަބު އޮޅުންފިލުވައިދޭން އެދިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ބަޔަކު ދިން ހަމަލާގެ ފަހަތުގައި ސިޔާސީ މަގުސަދެއްވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެމަނިކުފާނާ މައްސަލައިގައި ސުވާލު ކުރުމަށް ނިންމައިފި އެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ސިޔާސީ މަގުސަތުތަކެއްގައި ދޭ މިފަދަ ހަމަލާތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުން އެންމެ ހާއްސަ އިސްކަމެއް ދީގެން މި ހަމަލާގެ ތަހުގީގު ކުރިޔަށް ގެންދަން ސަރުކާރުން ބާރު އެޅުމަށް ގޮވާލެއްވި އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވުމުން، ހޯމް މިނިސްޓަރު އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަމަލާގެ މައުލޫމާތު ރައީސް ސޯލިހަށް އެނގިލައްވާކަމަށް ބެލެވޭތީ ސުވާލު ކުރުމަށް އޮފިސަރުންނަށް ދަންނަވާފައިވާ ކަމަށެވެ.

 

ޝަމީމަށް ހަމަލާ ދިން މައްސަލައިގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެއްކަމަށާއި ބޭނުންކޮށްފައި ވަނީ ތޫނު އެއްޗެއް ނޫން ކަމަށެވެ.

މިއީ ސިޔާސީ ހަމަލާއެއްކަމަށް ސިފަކޮށް، އެމްޑީޕީން ވެސް ބަޔާނެއް އާންމު ކުރި އެވެ. އަދި ޑިމޮކްރެޓްސް ޕާޓީން ވަނީ ފުލުހުންގެ ތަހުގީގަށް ފާރަވެރިވުމަށް ރައްޔިޔުތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ހަމަލާ ކުށްވެރި ކުރައްވައި ރައީސް ސޯލިހު ޓުވީޓު ކުރެއްވުމުން، އަހުސާން ވިދާޅުވީ އެމަނިކުފާނުގެ ޓުވީޓުން ހަމަލާގެ މައުލޫމާތު އެނގިލައްވާކަމަށް ދޭހަވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހިއްސާކޮށްދޭން އެދިވަޑައިގަންނަވާކަމަށާއި، ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަމާއި އޭގެ މަގްސަދު އެނގިލައްވާ ނަމަ ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.

އެހެންކަމުން އެކަމުގައި އެއްބާރުލުން ދެއްވަން އިހުސާން އެދިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 78%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: