ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިނީ ސައިލެއްގައި ދިޔަ ދެ މީހަކު، ޝަމީމްގެ ސެކިއުރިޓީ ވަރުގަފަ ކޮށްފި

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަލާއާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިއެވެ.

މި މައްސަލައިގައި އެ އޮފީހުން ނެރުން ބަޔާނުގައި ވަނީ މިއަދު ހެނދުނު، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެންދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައިކަމަށްވެސްވެއެވެ. ޝަމީމްއަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންކަމަށް މައުލޫމާތުދީފައިވެއެވެ.

މި ހަމަލާއާއި ގުޅިގެން މިހާރު ޝަމީމް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންކަމަށްވާއިރު، ޙާލު މިހާރު ރަނގަޅުކަމަށް ބުނިއެވެ.

މި ހަމަލާއާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރައްވާފައިވާކަމަށް ބަޔާނުގައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ، އެ އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤުކުރައްވަމުންކަން ފާހަގަކުރެވެއެވެ.

މިއަދު ހެނދުނު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައިކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: