ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އިތުރު މީހަކު ހައްޔަރަށް!

ފޮޓޯ: ރަށު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާ އާއި ގުޅިގެން އިތުރުމީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ހަމަލާ ދިނީ އެދުވަހުގެ ހެދުނުގެ ވަގުތެއްގައި، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުން ދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން މިމަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި  ޝަމީމަށް ދިން ހަމަލާގެ މަގްސަދު ދެނެގަނެވިފައިނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ކުރިން ހައްޔަރުކޮށްފައިވަނީ ލ.ގަމަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކާއި ރ.އަލިފުއްޓަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެކެވެ. މި ދެ ޒުވާނުން ވަނީ ހައްޔަރުކޮށް ޝަރިީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ އދ. މާމިގިއްޔަށް ނިސްބަތްވާ މީހެކެވެ. ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާ އަކީ ޕީޖީއަށް ފާރަލި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބަންދު އަމުރުގައި ވެއެވެ.

މީގެއިތުރުން ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ބައިނައްލަޢުވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ފޮނުއްވި ސިޓީއެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާގެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަޙުޤީޤެއް ހިންގައި، މިކަމުގައި ބައިވެރިވީ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލައްވާފައިވެއެވެ.

ޕްރޮސިކިއުޓަރުންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: