ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ގޮތެއް ނިންމުމަށް އަނެއްކާވެސް އައު ތާރީހެއް!

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އޮތީ ގޮތެއް ނުނިމި ދިގުލައިގެން ގޮސް ލަސްވެފައިކަމަށާއި ނަމަވެސް އެމައްސަލައަށް މިހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އެބައޮތް ކަމަށާއި އެ މައްސަލަ ލަސްވެފައިވީ ނަމަވެސް މިހަފްތާގެ ތެރޭގައި މައްސަލައިގައި ދައުވާ ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

ކޮވިޑް 19 ގައި ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގައި ދައުލަތަަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެ މައްސަލައިގައި މިހާތަނަށް 8 މީހެއްގެ މައްސަލަ ފައިލްކޮށްފައި ވަނިކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕީޖީ ޝަމީމް ފާހަގަކުރެއްވި ފަންނީ ކަންތައްތަކެއް ހުރެގެން އިސްލާހު ކުރުމަށްފަހު 3 މީހެއްގެ މައްސަލަ ހުށަހަޅާފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޝިޔާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަސްލަމްގެ އިތުރުން ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝިހާމްއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާއި ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގް ކުރުމަށް ފަހު ޕީޖީއަށް ފޮނުވާފައިވަނީ މަގާމާއި ނުފޫޒުގެ ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި ދައުވާ ކުރުމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރެވުނު ކުންފުންޏަކީ އެކަން ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެ މުއާމަލާތާއި ގުޅޭ އެއްބަސްވުމެއް ނެތި ދުބާއީގެ އެގްޒެކިއުޓަރސް ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު ދިވެހި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީއެވެ.

އެޑްވާންސް ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓަރސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓެބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަަމުން ގުޑްސް ރިސީވްޑް ކަމަށް ދައްކައިގެންނެވެ. ނަމަވެސް އޭރު އެކުންފުންޏާއެކު ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުމުގައި އޮތީ ސޮއިވެސް ނުކޮށެވެ.

އެގްޒެކިއުޓަރސް އާއި ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބުމުގެ ސަބަބުން ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: