ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގު ކުށްތައް މަނާ ކުރާ ގާނޫނޫ އޮތީ ބޭނުންކުރެވޭ ގޮތަކަށް ނޫން: ޕީޖީ

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުގައި ލިޔެވިފައިވާ ގޮތުގެ ސަބަބުން، މިހާތަނަށް ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ކުރެވިފައިވަނީ އެންމެ ދައުވާއެއްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ކުރިން ގާނޫނުތައް ލިޔެވިފައި ވަނީ ތަންފީޒު ކުރުމަށް އެންމެ ފަހިވާ ގޮތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނެއްގައި އެއްޗެއް ލިޔާއިރު، އަމަލީ ގޮތުން އެކަން ކުރާނެ ގޮތަކާއިމެދު ވިސްނަންޖެހޭނެކަމަށެވެ. އަދި ކުރީގައި ފަރުމާ ކުރެވިފައިވާ ގާނޫނުތައް އެންމެ އެކަށީގެންވާ ނުވާކަމަށް ޝަމީމް ތަކުރާރު ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، އެއްވެސް މީހެއް ގޭންގެއް ރަޖިސްޓްރީ ނުކުރާނެކަމަށެވެ. އަދި އަމިއްލައަށްވެސް ގޭންގެއް ނުވަތަ ކުށް ކުރާ ޖަމާއަތެއްގައި ޝާމިލުވެ ރެޖިސްޓަރ ނުވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ދިމާވަނީ އެކަށީގެންވާ ވަރަށް މައުލޫމާތު ދެނެނުގަނެ ގާނޫނުތައް ވުޖޫދު ކުރުމުން ދިމާވާ މައްސަލަތައް ކަމަށެވެ.

ޝަމީމް ވިދާޅުވީ އެނާ ހިއްސާ ކުރެއްވީ ޕީޖީ އޮފީހުގައިވެސް އޮތް ކަންބޮޑުވުމެއްކަމަށެވެ. އެހެންނަމަވެސް ގާނޫނުލްއުގޫބާތުގެ ތެރެއަށް ހުރިހާ ކުށެއް ގެނައުމުން ނޫން ހާލަތެއްގައި މައްސަލަތައް ހައްލުވެގެން ނުދާނެކަމަށް އެނާ ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑަކަށް ހިއެއް ނުވޭ، އަމަލީ ގޮތުން މަސައްކަތްކުރާއިރުގައި ގޭންގު ކުށްތައް މަނާ ކުރުމާއި ބެހޭ ގާނޫނަކީ އަޅުގަނޑުމެންނަށް މިވަގުތު ބޭނުންކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއް ހެނެއް، އޭރުވެސް ބޭނުމެއް ނުކުރެވޭ، މިހާރުވެސް އެގޮތަށް އެކަން އެ އޮތީ”

އޭނާ ވިދާޅުވީ، އެއީ ބޮޑު މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެކަން ކުރުމަށް އެބަ ގަސްދު ކުރައްވާކަމަށާއި، އެކަމާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ދެއްވޭނީ ބަންޑާރަ ނައިބަށްކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ގެންނަމުންދާ އިސްލާހުތަކުގެ އެންމެ ފަހު ހިސާބަށް ދެވޭނީ އެ މަސައްކަތްވެސް ކޮށްގެންކަމަށެވެ. އަދި ތަންކޮޅެއް ދުރުގައި އޮތް ނަމަވެސް އެހާ ހިސާބުން މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ޝަމީމް ވިދާޅުވީ، އަމަލީ ގޮތުން މަސައްކަތްކުރާއިރު، މިހާރު އޮތް ގޭންގު ކުށްތަށް މަނާ ކުރާ ގާނޫނަކީ މިވަގުތު ބޭނުން ކުރެވިދާނެ ގާނޫނެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި ގާނޫނު އެކުލަވާލައިގެންވެސް ބޭނުން ކުރެވިފައިނުވާކަމަށާއި، މިހާރުވެސް އެ ގާނޫނު އޮތީ އެ ހާލަތުގައިކަމަށް ވިދާޅުވިއެވެ.

ގާނޫނުތަކަށް ކައިރި ކައިރީގައި އިސްލާހުތައް ގެނައުމާއި މުހިންމު އެކި ގާނޫނުތަކުގެ ދަށުން ކުށްތަކަށް ދައުވާ ކުރަން ޖެހޭއިރު ފުށުއެރުންތައް ދިމާވާ މައްސަލަ ޝަމީމް އަބަދުވެސް ފާހަގަ ކުރައްވަ އެވެ. އަދި ގާނޫނެއްގެ ބޭނުން ހިފަން ޖެހޭ ވަގުތު އެކަށީގެންވާ މިންވަރަށް ބަދަލު ގެނެވިފައި ނެތުމަކީ ޖަޒުބާތުގައި ޖެހި ގާނޫނުތައް އިސްލާހު ކުރުމުގެ ނަތީޖާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: