ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ބައިނައްލަޢުވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ބައިނައްލަޢުވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ފޮނުއްވި ސިޓީއެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާގެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަޙުޤީޤެއް ހިންގައި، މިކަމުގައި ބައިވެރިވީ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލައްވާފައިވެއެވެ.

ޕްރޮސިކިއުޓަރުންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގައި ދިވެހިރާއްޖެ ބައިވެރިވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުއަކީ އެ ޖަމިއްޔާގެ މެންބަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: