ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވަކިކުރަން ނިންމައި އެމްޑީޕީން ސޮއިހަމަކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެކަމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އެކަން ނިންމާފައިވާ އިރު އެ މައްސަލަ މަޖިލިހަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮށްފައިވާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ވަނީ ސަންގަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް މުއިއްޒު ވަކިކުރަން ސޮއި ހަމަކުރި ނަމަވެސް އަދި ހުށަނާޅާ ކަމަށެވެ.

ރައީސް ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ މީގެ ކުރިންވެސް ކޮށްފައެއެވެ. އަދި ކެބިނެޓަށް ރުހުން ނުދީ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ތިބުމަށް ފަހު އަނެއްކާވެސް އެމަސައްކަތް ކުރުމަށް މަޖިލީހުގައި އެޖެންޑާކޮށް 19 ވަޒީރަކަށް ރުހުންދީ ތިން ވަޒިރުންނަށް ވަނީ ރުހުން ނުދޭން ފާސްވެފައެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މި ބޭފުޅުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކުން ރުހުން ދޭން ނުފެނުނީ މިނިސްޓަރު ހައިދަރަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔަ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލްކުރެވޭ ގޮތަށް ގަވައިދު ބަޔާން ކުރާ މާއްދާތަކަށް އިސްލާހު ގެނެސް އެ މަރުހަލާގެ ބައެއް ތަރުތީބުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އާންމު ކޮމިޓީން މީގެ ކުރިން ވަނީ ބަދަލު ގެނެސް މަޖިލީޙުން ފާސްކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: