ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް އޮވެ، ބޯހިޔާވަހިކަމެއް ނުދެވުނު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިިކަމުގެ ދައުރު ނިމިގެންދިޔައިރުވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮށްދީފައިވާ ކަމެއް ދެއްކެން ނެތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދުގެ ކެމްޕެެއިން ޖަލްސާގައި ވާޙަކަދައްކަވަމުން ރައީސް މުއިއްޒުވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީއަށް ކާމިޔާބުކުރެވިގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަތުގައި މަޖިލީހުގެ މެޖޯރިޓީއޮވެ އެ ޕާޓީއިންވަނީ އެއްވެސް މަންފާވަނިވި މަސައްކަތެއް ނުކޮށްދީ ފަސް އަހަރު ދުއްވާލާފައިކަމަށެވެ. އަދި ސަރުކާރާއި ދެން ހުރި ބާރުތައްވެސް އެ ޕާޓީގެ އަތުގައި އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ ނާޖާއިޒް ފައިދާ ނަގައިގެން މިނިވަން މުއައްސަސާތައްވެސް ކޮންޓްރޯލްކުރިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދިޔަ ގޮތް އެންމެނަށް ފެންނާނެކަމަށާއި އެ ދުވަސްވަރު އަނިޔާވެރިކަންވެސް އޮތީ އިންތިހާއަށް ގޮސްފައިކަމަށް ރައީސް ފާޙަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭނުންވި ގޮތެއްގެ މަތިން ހުކުމްތައް ކުރަމުން ގެންދިޔަކަމަަށާއި ބައެއް މީހުންގެ މައްޗަށް ހުކުމް ކުރީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބާނައިގެންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުޅި ދައުލަތް ކޮންޓްރޯލްކޮށްގެން އެ ޕާޓީއިން މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށެވެ. އެހެންނަމަވެސް ދައުރު ނިމިގެންދިޔައީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއްވެސް ހައްލެއް ނުގެނެސްކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ގޯތިތައް ލިބޭނީ ދެވަނަ ދައުރެއް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުންކަމަށް ބުނުމުން މިއަދު ބަޔަކު އެ ވާޙަކަ ގަބޫލުނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްވެ ބަޔާންކުރެއްވީ އެންމެނަށްވެސް ފެނިފައިވާނެ ކަންކަން ކަމަށް ފާހަގަކުރައްވާ އެމަނިކުފާނުވަނީ ހަގީގަތާއި ހިލާފަށް އެއްވެސް ވާހަކައެއް ދެންނެވުނުކަމާއިމެދު އެތަނުގައި ހާޒިރުވެ ތިއްބެވި މީހުންނާއިވެސް ސުވާލު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އެ ވާހަކަތައް ގަބޫލުކުރާނެ އެއްވެސް ރައްޔިތެއް ނެތްކަމަށާއި، މެޖޯރިޓީ އޮވެގެން އެމްޑީޕީއަށް ދެވުނު ފްލެޓެއް ގޯއްޗެއްވެސް ނެތްކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އަލަށް ފެށިފައިވަނީ އަމިއްލަ ކުންފުންޏެއްގެ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: