ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާގަ، ޖަލުގައި ތިއްބަވާ ސިސްޓަމް އެއްކޮށް ފޮހެލާނަން: ޑރ. މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ޖެހުމަށްފަހު މީހުން ޖަލަށްގެންދިއުމަކީ އާންމު ކަމެއް ކަމަށާއި، ނަމަވެސް އެ ސިސްޓަމް އެއްކޮށް ފޮލެނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ހޮވިވަޑައިގެންފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާއި ބައްދަލު ކުރައްވާ، ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހަގީގީ މާނައިގައި އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ.

” އަނިޔާވެރިކަމަކީ ދެން މިގައުމުގަ ޓޮލަރޭޓް ކުރެވޭ އެއްޗަކަށް ނަހާދާން” މުއިއްޒު

މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދަށް މަޖީދީމަގުގައި ދިން ބޮމުގެ ހަމާލާއަށް ވެސް ރައީސް ސޯލިހުގެ ސަރުކާރުން އިންސާފު ހޯދާދެވިފައި ނުވާ ކަމަށާއި، ރައީސް ނަޝީދަށް އިންސާފު ހޯދައިދެވޭނީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށެވެ. އެހެންކަމުން މި ގާއިމްކުރެވޭ ސަރުކާރުގެ އެންމެ ބޮޑު ބޭނުނަމަކީ ސާފު ސަރުކާރެއްގެ ގޮތުގައި ގާއިމްވެފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައިވެސް އެންމެ ގިނައިން ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައިވެސް އަނިޔާވެރި ނުވާނެ ކަމުގެ ވާހަކަފުޅުތައް ދެކެވުނު ކަމަށާއި، އެކަމަށް ހައްލު ހޯދާ އަނިވާވެރިކަން ނައްތާލާ ސާފު ސަރުކާރެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

މިހާރުވެސް ނިޒާމުގެ އެތެރޭގެގައި އަށަގެނެފައިވާ ކޮރަޕްޝަން ނައްތާލުމަށްވެސް މަސައްކަތް ފެށިގެންދާނެ ކަަމަށާއި، ސަރުކާރު ތެރެއިން ރައްޔިތުންނަށް ފެންނާނީ ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން ރާއްޖޭގައި ގާއިމްވެގެންދާނީ ޓްރާންސޕޭރެންޓް އޯޕަން ގަވަރްމެންޓެއް ކަމަށާއި، ކެއަރިން ގަވަރްމެންޓެއް ގާއިމްވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. މިއީ ރައްޔިތުން އެދުނު ކަންކަން ކަމަށާއި، މި ކަންކަން ރައްޔިތުންނައްޓަކާއި ކޮށްދިނުމަށް ދެމި ހުންނާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: