ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން މައްސަލައިގައި ޒަމީލު ދައްކަން ޖެހޭ ޖޫރިމަނާ ފަސް ކުރުމަށް އަމުރެއް ނުދިން!

އަމިއްލަ ގޮތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓް، ހަސަން ޒަމީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ކުރި ޖުރިމަނާގެ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅުމުން މައްސަލަ ބޭރުކޮށްލައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ބަލައި ދިރާސާ ކުރުމަށް ފަހު އިންތިހާބާއި ބެހޭ އާންމު މިންގަނޑުގައި ބަޔާން ކުރާ މިންގަނޑަށް ނުފެތޭ ކެންޑިޑޭޓުން ޖުރިމަނާ ކުރީ ޑިސެމްބަރު 11 ގަ އެވެ.

ކޮމިޝަނުން ޖުރިމަނާ ކުރި ކެންޑިޑޭޓުންނަކީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނާއި އުމަރު ނަސީރުގެ އިތުރުން ދެން ޒަމީލެވެ.

އެގޮތުން ކޮމިޝަނުން ވަނީ ކޮންމެ ކެންޑިޑޭޓަކު ވެސް 20،000 ރުފިޔާއިން ޖުރިމަނާކޮށް، އަދި އެ ކެންޑިޑޭޓުންގެ އެޖެންޑު 6،000 ރުފިޔާއިން ޖުރިމަނާކޮށްފަ އެވެ. އީސީން އެންގީ ޖުރިމަނާ ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމަކު ޖުރިމަނާގެ މައްސަލަ ޒަމީލްގެ ފަރާތުން ކޯޓަށް ހުށަހެޅީ އެވެ.

ވަގުތީ އަމުރަކަށް އެދި ޒަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއިރު މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ ގޮތުން އަމުރެއް ނެރެދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިދެ އެވެ.

ޒަމީލާއި އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސި އަހުމަދު މަހްރާން ޒަމީލްގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހެޅުމުން ހުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަހްރާނަކީ ޒަމީލްގެ ފިރިހެން ދަރިފުޅެވެ. އަދި އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރީ އަނބިކަބަލުން މަރިޔަމް އަލީމެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާއި ނުލައި ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޒަމީލަށް ލިބިވަޑައިގަތީ، 327 ވޯޓެވެ.

ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މާލީ ބަޔާނުގައި އިންތިހާބާއި ގުޅިގެން ކެންޑިޑޭޓު ކުރި ހަރަދުތަކުގެ ތަފްސީލާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްސީލު އަދި ބެންކް އެކައުންޓު މެދުވެރިކޮށް ހެދި ޓްރާންސެކްޝަންތަކުގެ ތަފްސީލު އެނގޭނެ ސްޓޭޓްމަންޓުތައް ހިމަނަން ޖެހޭނެ އެވެ.

މި ބަޔާނުގައި ކެމްޕެއިނަށް ހަރަދު ކުރި މީހުންނަކީ ކޮބައިކަމާއި، އެބަޔަކު ދިން ފައިސާގެ ތަފްސީލުތައް ވެސް ހިމަނަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: