ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އިންތިހާބީ ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިބައްދަލު ކުރެއްވުން:ފޮޓޯ /މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާ ބައްދަލުކުރެއްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ މަޖުލީސް އިދާރާގައެވެ.

ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާ ބައްދަލުކުރެއްވުން:ފޮޓޯ/މަޖިލސް

މަޖުލީހުގެ ރައީސްއާ ބައްދަލު ކުރެއްވުމަށް މަޖުލީިހަށް ހާޒިވުވެ ވަޑައިގެން ސޮއި ކުރައްވާ ފޮތުގައި ޑރ. މުއިއްޒުވަނީ ސޮއިކުރައްވާފައެވެ. ސޮއިކުރައްވާ އެމަނިކުފާނު އެފޮތުގައި ލިއުއްވާފައިވަނީ ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖުލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެއް ކަމެއްކަމަށެވެ. އެގޮތުން އެކަން އެގޮތަށް ހާސިލްވާނެ ކަމާމެދު ފުރިހަމަ ޔަގީންކަން ލިބިގެންވާ ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިޒު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށްދިޔައީ މި މަހު 30 ވަނަ ދުވަހުގެ ކުރިން ނަގަން ނިންމާފައި އިލެކްޝަންސް ކޮމިޝަނަށް އަންގާފައި އޮތް ނިޒާމީ ވޯޓާއި ބެހޭ ބަހުސްއެވެ.

މަޖުލީހަށް ވަޑައިގަތުމަަށް އެދި މަޖީލުހުގެ ރައީސް ދައުވަތު ދެއްވި ކަމަށްޓަކާއި، ޝުކުރުވެރިވާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: