ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު އިންޑިއާއި ގާތްގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭ: އިންޑިއާގެ އެގްޒިމް ބޭންކު

ޑރ މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ސަފީރު ބައްދަލުކުރުން؛ ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއި ގާތްގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭކަމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރަމޭޝް ވިދާޅުވެއްޖެއެވެ.

ރަމޭޝް މިހެން ވިދާޅުވީ އިންޑިއާގެ އިކޮނޮމިކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ރަމޭޝް ވިދާޅުވީ ސަރުކާރު ބަދަލުވީ ނަމަވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގެ ދަށުން ހިންގަމުން އަންނަ މަޝްރޫއުތަކަށް އެއްވެސް ބަދަލެއް އަންނާނެކަމަށް ގަބޫލު ނުކުރެވޭނެކަމަށެވެ. އަދި އައު ސަރުކާރުގެ ނިންމަވާނީ ރަނގަޅު ނިންމެވުންތަކެއްކަމަށާއި، ނިންމެވުންތައް ނިންމަވާނީ ގައުމުގެ ތަރައްގީ އިސްކޮގެންކަމަށް ވިދާޅުވިއެވެ. އެ އުއްމީދު ބޮޑީ މިހާރު ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

އެހެންވީމާ މިވަގުތު އަޅުގަނޑުގެ ވަކި ކަންބޮޑުވުމެއް ނެތް އެގޮތަށް ފާހަގަކުރަން.

އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު އޭގެ ތެރޭގައި ހަނިމާދޫ އާއި އައްޑޫ އެއާޕޯޓު ތަރައްގީކުރުމާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ނަމުގައި ހަދާ ތިލަމާލެ ބްރިޖު މަޝްރޫއާއި ގުޅީފަޅުގެ ބަނދަރު ތަރައްގީކުރުން ހިމެނެއެވެ. މި މަޝްރޫއުތަކަށް އެގްޒިމް ބޭންކުން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު ފަންޑުކުރެއެވެ.

ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ މި ސަރުކާރުން އިންޑިއާ ދެމެދު ބާއްވާފައިވާ ގުޅުން އޮތީ ހުދޫދުން ބޭރުގައިކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާއާއިއެކު ވެފައިވާ ބައެއް އެއްބަސްވުންތައްވެސް ހުރީ މި މަގުންކަމަށް ފާހަގަކޮށް، އެފަދަ އެއްބަސްވުންތައް ދިރާސާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ގޯހެއް ހުރެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ޑރ މުއިއްޒުގެ ވައުދެކެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަމުގެ ކަންބޮޑުވުން ފާހަގަކޮށް ޑރ މުއިއްޒު އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލާނެކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: