ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރީ ތަމްރީނުތަކަކަށް އިންޑިއާގެ މަނަވަރުތަކެއް ރާއްޖޭގައި

މިޝަން ދޯސްތީ ތަމްރީނުގެ ތެރެއިން، އިންޑީއާގެ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްކަރީ ތަމްރީނުތަކަކަށް އިންޑިއާގެ ދެ މަނަވަރަކާއި ހެލިކޮޕްޓަރެއް ރާއްޖެއަށް އައިސްފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް މަސައްކަތްތައް ކުރެވެމުންދިއުމާއިއެކު ދެ ގައުމުގެ ދެމެދު މައްސަލަތައް ހޫނުވެފައިވާއިރު، އިންޑިއާ ރާއްޖެ އަދި ސްރީލަންކާވަނީ އެސްސިސައިސް ދޯސްތީގެ ނަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އިންޑިއާއިން މައުލޫމާތު ދޭ ގޮތުން މި ހަރަކާތްތަށް ރާއްޖެއަށް އައިސްފައިވަނީ އެ ގައުމުގެ އަސްކަރީ އުޅަނދުތަކެއް ކަމަށްވާ އައިސީޖީއެސް ސަމާރތު އަދި އައިސީޖީ ޑޯނިއާކަމަށާއި އެއް އުޅަނދާއިއެކު ހެލިކޮޕްޓަރެއްވެސް ހިމެނޭކަމަށް ހިއްސާކޮށްފައިވެއެވެ.

މިއީ ދޯސްތީގެ ނަމުގައި ތަމްރީނުތަކެއް ބާއްވާ 16 ވަނަ ފުރުސަތުކަމަށްވެސް މީޑިއާތަކަށް މައުލޫމާތު ދީފައިވާއިރު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ސްރީލަންކާ ރާއްޖެ އަދި އިންޑިއާ ގުޅިގެން ހިންގާ މި ތަމްރީނު ހަރަކާތްތައް އޮބްޒާވުކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ފަރާތުންވެސް ހަރަކާތްތެރިވާނެއިރު ސްރީލަންކާގެ ބައެއް އަސްކަރީ ވަސީލަތްތައްވެސް ރާއްޖެއަށް ގެނެސްފައިވާކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެކުވެރި މާހައުލެއްގައި ނަމަވެސް އިންޑިއާއިން ރާއްޖެއަށް އައުމަށް ފުރުސަތު ނުދިނުމަށް ގޮވާލާފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދު މިވަގުތު ރާއްޖޭގައި އޮތުމުން ބައެއް މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު އޮތްކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގައި އެ އުޅަނދުން ދިރާސާ ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ދިވެހި ސަރުކާރުން މީޑިއާތަކަށް މައުލޫމާތު ދީފައިވާނަމަވެސް އިންޑިއާއިން އަދިވެސް އެ އުޅަނދު ޖާސޫސް ކުރުމަށް ބޭނުންކުރާކަމަް ތުހުމަތުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: