ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަތީގެ އަސްކަރީ ކުޅިވަރު ހަރަކާތެއްގައި ބައިވެރިވާން ދިވެހި ސިފައިން އިންޑިއާއަށް!

ސިފައިންގެ ތަމްރީނެއްގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެގައުމުގެ ދެމެދު މަސްލަހަތު ގެއްލިފައިވާނަމަވެސް، ރާއްޖެއިން އިންޑިއާގެ ނޭވަލް ވޯރ ގޭމްސް ނުވަތަ ކަނޑުމަތީގެ އަސްކަރީ ކުޅިވަރު ހަރަކާތުގައި ބައިވެރިވާނެކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް މަސައްކަތްތައް ފެށިގެންދިއުމާއިއެކު ދެ ގައުމުގެ ދެމެދު މައްސަލަތައް ހޫނުވެފައިވާއިރު، އިންޑިއާގެ މީޑިއާތަކުންވަނީ ދިވެހިރާއްޖެއިން އެ ގައުމުން “މިލަން 24” ގެ ނަމުގައި ހިންގުމަށް ކަނޑައެޅިފައިވާ ކަނޑުމަތީގެ ހަނގުރާމަވެރި ކުޅިވަރު ހަރަކާތުގައި ބައިވެރިވާކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓުތަކުގައިވާގޮތުން އިންޑިއާއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިލަން 24 އަސްކަރީ ކުޅިވަރު ހަރަކާތަކީ އެ ގައުމުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބާއްވާ ބޮޑު ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތުގައި އެކި ގައުމުތަކުން ބައިވެރިވާނެކަމަށްވެސް ބުނެފައިވެއެވެ. ރާއްޖެއިންވެސް ބަައިވެރިވާ މި ހަރަކާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ވިސާކާޕަޓްނަމް ކިޔާ ސަރަހައްދެއްގައެެވެ.

މި އަހަރުގެ މި ހަރަކާތުގައި 50 އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވާނެއިރު، ރާއްޖެއިން މި ހަރަކާތުގައި ބައިވެރިވާން ނިންމާފައިވަނީ ރާއްޖޭގައި ގާއިމުވެ ތިބި ސިފައިން ބޭލުމުގެ މައްސަލަައިގައި އެކުލަވާލާފައިވާ ހައިލެވެލް ކޯރ ގުރޫޕުން ދެވަނަ އަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިންކަމަށް އިންޑިއާގެ ބައެއް މަޝްހޫރު ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ލިއުޓަނެންޓް ކާނަލް ޔޫސުފް ނިޝާރުކަމަށްވެސް ފާހަގަކޮށްފައިިވާއިރު ހައިލެވެލް ކޯރ ގުރޫޕުގެ ތިންވަނަ ބައްދަލުވުން ބޭއްވުމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ މަހުގެ ފަހު ހަފްތާގެ ތެރޭގައިކަމަށްވެސް އެ ގައުމުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖެއާއި 450 ކިލޯމީޓަރު ގާތުގައި އޮންނަ މިނިކޮއިގައި އެޅުމަށް އިންޑިއާއިން ފަށާފައިވާ މަސައްކަތްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ކުރިއަށް އޮތް މަހުގެ ތެރޭގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު އެތަނަށް ޒިޔާރަތްކުރެއްވުމަށާއި ހުޅުއްވައިދެއްވުމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: