ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުލީ ކުރާ މީހުން 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ: އިންޑިއާގެ ފޮރިން މިނިސްޓަރު

ރައީސް މުއިއްޒު އަދި އިންޑިއާގެ މިނިސްޓަރ ޖައިޝަންކަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގާ ކޮށް ގަނާ ކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައާއި ގުޅިގެން ދެ ގައުމުގެ ދެމެދު މައްސަަލަތައް ހޫނުވެފައިވަނިކޮށް، ރާއްޖެއަކީ ކުޑަ ގައުމަކަށްވުމަކީ އެއްވެސް ފަރާތަކަށް ރާއްޖެ ބުލީކުރަން ލައިސެންސެއް ލިބިގެންދިއުން ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މީގެ ކުރިން ޗައިނާއަށް ކުރެއްވި ސްޓޭޓް ވިސިޓަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ދެ ގައުމުގެ ދެމެދު މައްސަލަތައް ހޫނުވެފައިވަނިކޮށް ރައީސް މުއިއްޒުގެ ކޮމެންޓުން އެ ގައުމުން ރާއްޖެއަށް ގަނާކުރާކަމަށް ސިފަވުމާއިއެކު ސަރަހައްދީ ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި ބާރުވެރިވުމަށް މަސައްކަތްކުރާކަމާއި ގުޅޭގޮތުން މީޑިއާތަކުން ވަނީ މިނިސްޓަރު ޖައިޝަންކަރާއި ސުވާލުކޮށްފައެވެ. އަދި އޭނާވަނީ ދެއްވި ޖަވާބުގައި ނުސީދާ ގޮތަކަށް ރައީސް މުއިއްޒުއާއި ރާއްޖޭގެ ސަރުކާރަށް ފާޑުވިދާޅުވެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެގޮތުން އަވަށްޓެރި ގައުމުތަކަށް ދަތިތަކެއް ކުރިމަތިވުމުން އެކަންކަން ހައްލުކުރުމަށް ހަންގާ ކޮށް ގަނާ ކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެކަމަށް ވިދާޅުވިއެވެ. އަދި ސަރަހައްދީގޮތުން ދިމާވާ ބޮޑެތި ކާރިސާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުވުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ރޯލުގެ މައްޗަށްވެސް އޭނާ އަލިއެޅުއްވިއެވެ.

ޖައިޝަންކަރު ވިދާޅުވީ، ސަރަހައްދީގޮތުން އަންނަމުންދާ ބޮޑެތި ބަދަލުތަކަކީ އިންޑިއާ އަދި އަވަށްޓެރިންގެ ދެމެދުގެ ގުޅުންތަކަށް އައިސްފައިވާ ބަދަލުތަކުގެ ނަތީޖާކަމަށެވެ. އެހެންނަމަވެސް އިންޑިއާއަކީ ސަރަހައްދުގެ އެހެނިހެން ގައުމުތަކާއިމެދު ނޭދެވޭ ގޮތެއްގެ މަތިން އަމަލުކުރާ ގައުމެއް ކަމަށް ދެކޭއިރު، ހަންގާ ކޮށް ގަނާ ކުރާ ފަރާތްތަކުންނާއި އަމާޒުވެފައިވާ ފާޑުކިޔުންތަކާއި އެއްފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ހާލަތު ގޯސްވެފައިވާ އަވަށްޓެރިންނަށް އެހީތެރިކަން ފޯރުވުމުގެ ގޮތުން 4.5 ބިލިއަން ޑޮލަރު ނުދޭކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގަނާކޮށް ހަދާ ފަރާތްތަކުން ޕެންޑެމިކްގެ ތެރޭގައި އެހެނިހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ނުކުރާނެކަމަށާއި، ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކުން ބައިނަލްއަގުވާމީ މައިދާނަށް އަންނަ ލޮޅުންތައް ކުޑަކުރުމަށާއި ދަތިތައް ހައްލުކުރުމަށް އަމިއްލަ ގައުމުގެ އުސޫލުތަށް ބަދަލުކޮށްގެން އެހީ ނުފޯރުވާނެކަމަށްވެސް ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އިން ނޭޕަލް ބަންގްލަދޭޝަން ސްރީލަންކާގެ އިތުރުން ބޫޓާންއާއިއެކުވެސް މި ސަރަހައްދުގައި ގުޅުންތައް ބާއްވާ މަސައްކަތްތައްކޮށް ކާމިޔާބީތައް ހާސިލުކޮށްފައިވާކަމަށާއި ކުރިން ނެތް އެތައް ވަސީލަތްތަކެއް ބިނާކޮށް އެތައް ލުއިތަކެއް ލިބެމުންދާކަމަށެވެ. އަދި ރާއްޖޭގައިވެސް މުހިންމު ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި ސަރަހައްދުގައި އެ ގައުމަށް މައްސަލައެއް އޮތީ އެންމެ ގައުމަކާއި ދެމެދު ކަމަށެވެ. އަދި ޑިޕްލޮމެސީގެ އުސޫލަކީ އެ މަސައްކަތްތަކުގައި އުންމީދު ކަނޑާނުލައި އިހުލާސްތެރިކަމުގައި ދެމިތިބުންކަމަށާއި ކުރިމަގު އެއްވެސް ބަޔަކަށް ބަޔާންކުރަން ނޭނގޭނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 41%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 2%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: