ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފިކުރެއްގެ ދިރުން” އިން ހަދާ ޕާޓީއަށް ކިޔާނެ ނަމެއް ހުށައެޅުމަށް ހުޅުވާލައިފި

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: ވަގުތު - އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވާ “ފިކުރެއްގެ ދިރުން” ހަރަކާތުން އުފައްދާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“ފިކުރެއްގެ ދިރުން” އަށް ކިޔާނެ ނަމެއް ހުށައަޅާއިރު، ނަމުގެ ތަފްސީލުވެސް ހުށައަޅަންޖެހެއެވެ. ނަމުގެ އިތުރުން ޕާޓީގެ ކުލައާއި، އަދި ލޯގޯ ހުށައެޅުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ނަމާއި، ލޯގޯ އަދި ކުލަ ހުށައެޅުމަށް ހުޅުވާލާފައިވަނީ މެއި 21 ވާ އަދިއްތަ ދުވަހުގެ ހެދުނު 6 ގެ ކުރިންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައިސް ނަޝީދުގެ ކެމްޕެއިންތައް ކުރިއަށް ގެންދެވި ޝިޔާރު “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތްތަކެއް ފެއްޓެވީ އެމަނިކުފާނަށް ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހުއެވެ. ފުރަތަމަ ރައީސް ނަޝީދުގެ ހުށައެޅުމަކަށްވީ “ފިކުރެއްގެ ދިރުން” ނަމުގައި ޕާޓީގެ ތެރޭގައި ގޮފިތަކެއް ހަދައިގެން ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމެވެ.

ނަމަވެސް އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމުން، އެފުރުސަތު ޕާޓީގެ ތެރެއިންނެއް ނުލިބުނެވެ. “ފިކުރެއްގެ ދިރުން” ހަރަކާތުގެ ފަރާތުން އެހެން ސިޔާސީ ފިކުރުތަކާއިއެކު މަސައްކަތްކުރާތީ މިަކމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރެއްކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމާއިއެކު، މި ހަރަކާތަށް ނިސްބަތްވާ 12 މެންބަރަކު ވަނީ އަމިއްލައަށް އެމްޑީޕީއާއި ވަކިވެފައެވެ. އަދި ޕާޓީއިން ވަކިވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ މެންބަރުން ވަނީ “ފިކުރެއްގެ ދިރުން” ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަން އިއުލާނުކޮށްފައެވެ.

“ފިކުރެއްގެ ދިރުން” ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަންވެސް އިއުލާންކުރިއެވެ.

“ފިކުރެއްގެ ދިރުން” ގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެމްޑީޕީއިން ވަކިވީ ސަބަބެއްކަމަށް ފާހަގަކުރީ ޕާޓީގެ މިސްރާބު ޕާޓީ އުފެއްދި މަގްސަދާއި ދެކޮޅަށް ހުރުމެވެ. އަދި އެމްޑީޕީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނެތްކަމަށްވެސް އެ މެންބަރުން ބުންޏެވެ. ނަމަވެސް “ފިކުރެއްގެ ދިރުން” ނަމުގައި އުފައްދާ ސިޔާސީ ޕާޓީ ހިންގާނީ އެތެރޭގެ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ބުނިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: