ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ޕާޓީގެ ސްޕޯކްސްޕާސަންއަކަށް އަފްޝަން!

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ކުރީގެ ސީ.އީ.އޯ އަފްޝަން ލަތީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން ހެދުމަށް މަސައްކަތްކުރަމުންދާ ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމު އަދާކުރައްވާނީ އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިއްސާކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި މުޅިން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ކުރުންވަނީ ފަށާފައެވެ. އަލަށް އުފެއްދުމަށް ކަަނޑައެޅިފައިވާ ޕާޓީގެ މަސައްކަތްތައް ކުރިއަށް ދާކަން ހިއްސާ ކުރައްވާ ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި އޭނާވަނީ އެ ޕާޓީގެ ކަންކަމުގައި އިސްފަރާތެއްގެ ގޮތުގައި އަފްޝަން ހުންނެވިކަން ފާހަގަކުރައްވާފައެވެ. އަދި އަފްޝަންއަކީ އަލަށް އުފައްދާ ޕާޓީގެ ސްޕޯކްސް ޕާސަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތްކުރަމުންދާ ޕާޓީއާއި ގުޅޭ އިތުރު ތަފްސީލުތަކެއް ހަސަން ހިއްސާކުރެއްވިއިރު، ހަސަން އާއިއެކު މަޖިލީހުގެ އިތުރު އެމްޑީޕީގެ މެމްބަރުންތަކެއްވެސް ވަނީ ޕާޓީދޫކޮށް އައު ޕާޓީއެއް ހެދުމުގެ މަސައްކަތްތަކުގައި ޝާމިލުވާކަން ފާހަގަކުރައްވާފައެވެ. ޕާޓީއިންވަނީ އަލަށް އުފައްދާ ޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯ ފަދަ ބައެއް ކަންކަން އިންތިޒާމު ކުރުމަށް އާންމު ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފިކުރެއްގެ ދިރުމުންވަނީ އަލަށް އުފައްދާ ޕާޓީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: