ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ދެއްވީ ”ދަ ޑިމޮކްރެޓްސް“ އާއި މަޖިލީހުގެ އިތުރު މެމްބަރުން ގުޅޭނެކަމުގެ ޔަގީންކަން

ނަޝީދު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން/ ފޮޓޯ: އަދަދު - އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމާއި އެކު އުފައްދާ، ފިކުރެއްގެ ދިރުންގެ އައު ޕާޓީއާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތައް ވެސް ގުޅޭނެކަމަށް އެ މަސައްކަތުގައި އިސްކޮށް ހުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައިވާ ހަސަން ލަތީފް ހިމެނޭހެން، ރައީސް ނަޝީދާއި އަރިސް މެމްބަރުންތައް ވަނީ އެ ޕާޓީން ވަކިވެ އިތުރު ސިޔާސީ މަސައްކަތްތަކެއް ފަށާފަ އެވެ.

ރިޔާސީ ޕްރައިމެރީގެ ނާކާމިޔާބީއާއި އެކު، ފެށުނު ފިކުރެއްގެ ދިރުން މޫމްވެންޓަށް ގިނަ ދުވަސްވީއިރު އެބޭފުޅުން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ އާ ޕާޓީއެއް އުފެއްދުމަށެވެ. އެއީ އެ ޕާޓީއަކަށްޓަކައި ގުރުބާންވެގެން ގެނައި ވެރިކަމެއްގައި ގަބޫލު ކުރާ ސިޔާސަތުތައް ތަންފީޒު ނުކުރެވި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭތީކަމަށް ވަނީ ބުނެފަ އެވެ.

އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅުމަށް ފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމްޑީޕީގެ ދާއިރާ ރައީސުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، އަދި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެ ޕާޓީއާއި ގުޅޭނެ ކަމަށެވެ.
“ދަ ޑިމޮކްރެޓްސް” ޕާޓީ އުފައްދަނީ، ހަސަން ލަތީފްގެ ނަމުގަ އެވެ. އަދި އެކަން ފާހަގަކޮށް ހަސަން ވިދާޅުވީ މި މަސައްކަތުގައި ގިނަ ބައެއްގެ ބައިވެރިވުން އެބައޮތް ކަމަށެވެ.

ނޫސްވެރިން ދެން ހަސަން އާއި ސުވާލު ކުރީ، އައު ޕާޓީއަކީ ރައީސް ނަޝީދުގެ ވިސްނުމެއްކަން ސާފުވާކަމަށާއި އަދި އެ މަނިކުފާނު އެބޭފުޅުންގެ މަސައްކަތަށް ހިތްވަރު ދެމުން ގެންދަވާކަން ވެސް ފާހަގަކޮށްފަ އެވެ. އެހެންކަމުން އެހެން ޕާޓީއެއްގައި ހުންނަވައި، އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެނދިއުމަކީ އެންމެ ރަނގަޅު ގޮތް ތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ.

ޖަވާނުގައި ހަސަން ވިދާޅުވީ، އެބޭފުޅުންގެ އެއްވެސް މަސައްކަތެއް ރައީސް ނަޝީދަށް އެނގިވަޑައިނުގެން ކުރިޔަށް ނުގެންދާ ކަމަށެވެ. އެކަމަކު، އޭނާ ވެސް އިޝާރާތް ކުރީ ސިޔާސީ ޕާޓީއެއްގައި ހުރެމެ، އެހެން ޕާޓީއެއްގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ގުޅުން ހުރި ސުވާލުތައް އެމަނިކުފާނާއި ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

އެއަށް ފަހު ދެން އޭނާ އިޝާރާތް ކުރެއްވީ، މިހާރު ވެސް އަލަށް އުފައްދާ ޕާޓީއަށް ލިބެމުން ދާ ތާއީދެވެ. މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުންތައް ވެސް ޕާޓީއާއި ގުޅެމުން ދާނެކަމަށް ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ކުޅުދުއްފުށި މޭޔަރު ވެސް އެމްޑީޕީ ދޫކުރައްވައި ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން ބައެއް އެހެން ކައުންސިލް މެމްބަރުން ވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.

މިއީ ރައީސް ނަޝީދުގެ ސިޔާސީ ޕާޓިއެއް ނަމަވެސް، އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސް ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: