ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރޫޕަކުން ފުލުހަކަށް ހަމަލާ ދިން މައްސަލަ: ހަތަރު މީހަކު ހައްޔަރުކޮށް ބަންދަށް

ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަނީ: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހެއްގެ ގައިގައި ތަޅާ އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާ ކުރި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ ފުލުސް އޮފިސަރަށް ހަމަލާދީފައި ވަނީ ގިނަ ބަޔަކަށް އާއްމުކޮށް އެނގޭ ގޭންގު ގުރޫޕަކުން ކަމަށެވެ.

މައްސަލައިގެ ތަހުގީގުގެ މައުލޫމާތުތައް ހާމަކޮށް ފުލުހުން ބުނީ، އޮފިސަރަށް ހަމަލާދިންކަމަށް ބެލެވޭ ހަތަރު މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، އަދި 42 އަހަރާއި 44 އަހަރުގެ މީހެއް ކަމަށެވެ.

މީގެތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް ޖެހީ 15 ދުވަހެވެ. 40 އަހަރުން މަތީގެ ދެ މީހުންގެ ބަންދަށް 07 ދުވަސް ދިންއިރު 32 އަހަރުގެ މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ވަނީ 05 ދުވަސް ދީފަ އެވެ.

މީގެކުރިން ވެސް އޮން ޑިއުޓީ އާއި، އޮފް ޑިއުޓީ ޕޮލިސް އޮފިސަރުންނަށް ހަމަލާ ދިނުމުގެ އެކި މައްސަލަތައް ފެންމަތިވެފައި ވެއެވެ. އަދި ބައެއް ފަހަރު ކުށުގެ ތުހުމަތު ކުރެވޭ މީހަކާއި ސުވާލުކޮށް ހުއްޓުވުމުން އޭގެ ފަހުން އެ މީހުން ނިސްބަތްވާ އެކި ގުރޫޕުތަކުން އޮފިސަރުންނާއި އެ މީހުންގެ އާއިލާތަކަށް ފާރަލައި އިންޒާރު ދިނުން ތަހުގީގުކޮށްފައި ވެއެވެ.

ހުޅުމާލޭގައި ފުލުހަކަށް އަނިޔާ ކުރި ވަގުތު، އެކަން ހުއްޓުވުމަށް އެވަގުތު އޭނާއާއި އެހެން އޮފިސަރުން ކުރި މަސައްކަތަށް ސީޕީ ވަނީ ތައުރީފު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: