ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖޭފޯ ސޮއި ކުރި

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު މެމްބަރުން ހުށަހެޅި މައްސަލައިގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ވޯޓާއި އެކު އީވާ މަޖިލީހުގެ ނައިބު ރައީސަކަށް ހޮވުމަށް ފަހު ވެސް ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅުވެ ރައީސުލްޖުމްހޫރިއްޔާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ބުނެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން ނިންމީ އީވާ ހިމެނޭހެން މަޖިލީހުގެ 12 މެމްބަރަކު އެމްޑީޕީން ވަކިވުމާއި އެކު އެވެ.

އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި އީވާ ވިދާޅުވެފައި ވަނީ އެނާ އަމިއްލައިން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އީވާ މަޖިލީހުގެ ނައިބުކަމުން ވަކި ކުރުމަށް 50 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރަކު އެބަތިއްބެވެ.

އެހެންކަމުން، އީވާގެ މައްސަލައިގައި އެމްޑީޕީގެ ފަސް މެމްބަރަކު ސޮއި ނުކުރައްވަ އެވެ. އަދި އެ މެމްބަރުންގެ ނަންތައް ވެސް މިވަގުތު ދައުރުވަމުންދާއިރު، ވަރަށް އަވަހަށް ސަރުކާރު ފަޅި ދޫކުރައްވައި “ދި ޑިމޮކްރެޓްސް” އާއި ބައެއް މެމްބަރުން ގުޅިވަޑައިގަންނަވާނެކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިވާގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފައި ނުވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރާޖާއި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

ޖޭފޯ އީވާގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވިއިރު، އޭނާ އެމްޑީޕީއަށް ވަރަށް އަވަހަށް ސޮއި ކުރާނެކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.

އެހެންކަމުން، މަޖިލީހުގައި އީވާ އިތުބާރު ނެތްކަމަށް ވޯޓު ނަގާ ދުވަހު ސަރުކާރުގެ ހުރިހާ މެމްބަރުން ހާޒިރުވެއްޖެ ނަމަ ވޯޓު ހަމަވާނެ އެވެ. އެއީ 44 ވޯޓެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: