ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންގެ އެމްއާރުއެމް އުވާލަަނީ!

މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްގައި  މެމްބަރުން ހަމަ ކުރުމަށް ދެވަނަ ފަހަރަށް ދިން ނޯޓިސްގައި ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ 3000 މެމްބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.

އެމްއާރުއެމްގެ ފަރާތުން ސިޔާސީ ޕާޓީތަކާއެކުގައި މަޝްވަރާތައް ކުރަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެމްއާރުއެމްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިނުވާއިރު، އެ ޕާޓީގެ ފަރާތުން އިންތިހާބުގެ މަސައްކަތްތަކާއި މަޝްވަރާތަކުގައި އެހެނިހެން ޕާޓީ ތަކާއި އެކު ބައިވެރިވެފައިވެއެވެ.

އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެވެ. އަދި އެ ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި މީގެ ކުރިން ގިނަ ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: