ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އުވާލަން ނިންމީ ކޮރަޕްޝަންގެ ތެރެއިން ގާނޫނާ ހިލާފަށް: ފާރިސް މައުމޫން

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލަން ނިންމާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ގާނޫނީ ތަރަހައިގެ ބޭރުން ކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން އެމްއާރު އެމް އުވާލުމަށް ނިންމައި އެކަން އިއުލާން ކުރުމާއެކު ފާރިސް ވަނީ އެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލަން ނިންމާފައިވާކަން އެ ޕާޓީއަށް އީސީން އަންގާފައިވާ ކަަމަށެވެ. އަދި އޭނާ ވަނީ މިދަނޑިވަޅުގައި މެމްބަރުން ކެތްތެރިވެ ތިބުމަށް އިލްތިމާސްކޮށްފަައެވެ.

ފާރިސްގެ ވާހަކައިގައި އީސީގެ ނިންމުމަކީ ކޮރަޕްޝަން އެކުލެވޭ ނިންމުމެއް ކަމަށާއި އެކަމުން ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފާރިސް ވަނީ އީސީގެ ނިންމުމުގެ މައްޗަށް ކުރި ހޯދާނެ ކަމަށް ވިދާޅުވެ ހައްގުގެ މަގުގައި ސާބިތުކަން މަތީ ދެމިތިބުމަށް ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްގައި އމެމްބަރުން ހަމަ ކުރުމަށް ދެވަނަ ފަހަރަށް ދިން ނޯޓިސްގައި ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ 3000 މެމްބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.

އެމްއާރުއެމްގެ ފަރާތުން ސިޔާސީ ޕާޓީތަކާއެކުގައި މަޝްވަރާތައް ކުރަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެމްއާރުއެމްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިނުވާއިރު، އެ ޕާޓީގެ ފަރާތުން އިންތިހާބުގެ މަސައްކަތްތަކާއި މަޝްވަރާތަކުގައި އެހެނިހެން ޕާޓީ ތަކާއި އެކު ބައިވެރިވެފައިވެއެވެ.

އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެވެ. އަދި އެ ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި މީގެ ކުރިން ގިނަ ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: