ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ އިސްލާހުވެއްޖެކަމަށް ސަރުކާރުން ބުނާތީ ލަދުގަނޭ: ތާރިގު

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު (ޓޮމް) ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްލާހުވެއްޖެކަމަށް ސަރުކާރުން ބުނެފައިވާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ތާރިގުވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހުތަކެއް ގެނެއުމަށް ރައީސް ސާލިހު ވައުދުވެވަޑައިގެންނެވިކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރުގެތައް އިސްލާހުކުރުމަށްޓަކައި ޖުޑިޝަރީ އިސްލާހު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ފަނޑިޔާރުން ކޮންޓްރޯލް ކުރުމުގެ ނިޒާމުގެ ތެރޭގައި ސިޔާސީ ފަރާތްތައް ތިބުމާއިއެކު 2018 ވަނަ އަހަރު ދެއްކެވި ވާހަކައެއްކަމަށެވެ.

ތާރިގު ވިދާޅުވީ، ރައީސް ސާލިހު އެވާހަކަތައް ދެއްކެވީ އެކަށީގެންވާ މިންވަރަށް ދިރާސާކުރެއްވުމެއް ނެތިކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ 2018ގެ ކެމްޕެއިންތަކުގެ ތެރޭގައި ރަށްތަކަށް ވަޑައިގެންނެވުމުން އެ ރަށުގެ ޓީމުން އެމަނިކުފާނާއި ގަނޑުކޮޅެއް ހަވާލުކުރާކަމަށެވެ. ތާރިގު ވިދާޅުވީ، އެ ގަނޑުކޮޅުގައި ކޮންމެ ފަދަ ވާހަކައެއް ހުރިނަމަވެސް ރައީސް ސާލިހު ޕޯޑިއަމްއަށް އަރާވަޑައިގެން އެވާހަކަތައް ދައްކާވަކަމަށެވެ.

އެގޮތުން ކަނޑު ހިއްކާ ވާހަކަ ލިޔެފައި އޮތް ނަމަވެސް އެމަނިކުފާނު އެ ވާހަކަވެސް ވިދާޅުވާނެކަމަށް ތާރިގު އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއް ރަށެއްގައި ހަ ބަނދަރު ހެދުމުގެ ވާހަކަވެސް އެމަނިކުފާނު އިއުލާނުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީ އިސްލާހުކުރައްވާނެކަމަށްވެސް ވިދާޅުވީ އެގޮތުގެ މަތިންކަމަށެވެ.

ތާރިގު ވިދާޅުވީ، އެހެނިހެން ގައުމުތަކުގައި ޖުޑިޝަރީ އިސްލާހު ކުރުމަށް ބޭނުންކުރަމުންދާ ނިޒާމުތައް އޭނާ ދިރާސާކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ ނިޒާމެއްގައި އުއްތަމަ ފަނޑިޔާރެއްގެ ބައިވެރިވުން އޮންނަކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަނޑިޔާރަކު ޖޭއެސްސީގައި ނުހުންނަވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށާއި ކޮންމެ ތިން އަހަރަކުން ބަދަލުތަކެއްވެސް އަންނަ ގޮތަށް އެމަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވިކަމަށް ތާރިގު އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން އޭނާ ވަނީ އެ ބީދައިން މަޖިލީހަށް ތިން ފަހަރެއްގެ މަތިން ޖޭއެސްސީގެ އިސްލާހު ހުށައަޅުއްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ދައުރު ނިމުމަށް ތިން މަހަށް ވެފައިވާއިރު، ސަރުކާރަށް އެ ދަންނަވާ އިސްލާހެއް ހުށައެޅިފައިނުވާކަމަށާއި އެހެންކަމުން އިސްލާހު ކުރުމުގެ ނިޔަތެއް ނެތްކަން ހާމަވެގެންދާކަމަށް ތާރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން ސަރުކާރުންވަނީ މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން އޭނާ ހުށައެޅުއްވި ތިން ފަހަރެއްގެ މަތިން ހުށައެޅުއްވި އިސްލާހުތައްވެސް ބޭރުކޮށްފައިކަމަށެވެ. ތާރިގު ވިދާޅުވީ، އޭނާ ހުށައެޅުއްވި އިސްލާހުތަކުގައި ރާއްޖޭގެ އިލްމީ ބޭފުޅުންގެ ނަޒަރިއްޔާވެސް ހިމަނުއްވާފައިވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ކަން އޭނާ ދެންނެވި ގޮތަށް އޮތުމުން، ސަރުކާރުގެ އިސްވެރިން ޖުޑިޝަރީ އިސްލާހު ކުރައްވާފައިވާ ވާހަކަތައް ދެއްކެވުމުން ލަދުގަންނަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އެކި ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންދާކަަމަށެވެ. އަދި އެކި މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށާއި އެހެންނަމަވެސް އިސްލާހު ވެއްޖެ ވާހަކަތައްވެސް ދައްކާކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: