ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ މަރަށް ތެޅޭ މަންޒަރު، ހަނދު ދީގެން ވެސް ވޯޓު ދޭނެ ބައެއް ނެތް: ޓޮމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދު ވެދުމަށް ދީގެން ވެސް މި ސަރުކާރަށް ވޯޓު ދޭނެ މީހެއް ނުލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުން އިއުލާނު ކުރުމަށް ފަހު، ސަރުކާރުގެ ގިނަ މެމްބަރުން ދަނީ މި ސިޔާސަތާއި އެކު ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭނެކަމަށް ބުނެފަ އެވެ. އަދި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތައް ވެސް ސަރުކާރުން ހިންގަމުންދާއިރު، މިއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރި ފުރަތަމަ ސަރުކާރުކަމަށް ވެސް ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބަށް ދެހަށް ވެފައިވަނިކޮށް، ވުޖޫދުގައި ނެތް ގޯތިތައް ހިމެނޭހެން ލިސްޓެއް އާއްމުކުރުމުން އެކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ގޯތި ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އެކި މެމްބަރުންނާއި، އެބޭފުޅުންގެ އެއް އާއިލާއެއްގެ ގިނަ ބަޔަކު ހިމެނޭކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެބޭފުޅުން ސިފަ ކުރި ގޮތުގައި ގޯތި ދީފައިވާކަމަށް ބުނަމުން ގެންދަނީ ކައިރި މުސްތަގުބަލެއްގައި ވެސް ނުހިއްކޭނެ ފަޅެއްގެ ނަން ބޭނުންކޮށްގެންނެވެ.

ލިސްޓު އާއްމުކޮށް މިއީ ކާމިޔާބެއްކަމަށް ސަރުކާރުން ސިފަ ކުރަމުން ގެންދާތީ، އެކަމަށް ރައްދު ދެއްވައި ތާރިގު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެއްވެސް ކަމެއް ނުވިސްނޭ ބައެއްކަމަށް ރައީސް ސޯލިހު ދެކިގެން ނުވާނެ ކަމަށެވެ. ސަރުކާރުން އިއުލާނު ކުރި ގޯތިތައް ހުރީ ކަނޑުގައިކަމަށާއި ހިކި ފަސްތަނަކުން މި ސަރުކާރުން ދޭނެ ގޯއްޗެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ލިސްޓުތަކަށް ރައްޔިތުން ވޯޓު ދޭނެކަމަށް ގަބޫލު ކުރެވުނަސް އެއީ ހަގީގަތެއް ނޫންކަމަށާއި، މިއަދުގެ ހާލަތުގައި ތިބެ ހަނދު ގެނެސް ދިނަސް ވޯޓު ދޭނެ މީހެއް ނުވާނެކަމަށް ތާރިގު ވިދާޅުވި އެވެ.

ތާރިގު ވިދާޅުވީ ފެންނަމުން ދަނީ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ، އެކަމަށް މަރަށް ތެޅޭ މަންޒަރު ކަމަށެވެ.

އިއްޔެ ގެޒެޓުގައި ޝާއިއު ކުރި ލިސްޓުގައި ވާގޮތުގައި، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ސްކީމަށް އެދި 15،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާއިރު ސަރުކާރުން އިއުލާނު ކުރީ 5000 ގޯއްޗަށެވެ. އެކަމަކު ފޯމު ހުށަހެޅި މީހުންގެ ތެރެއިން 10،314 މީހަކު ޝަރުތު ހަމަވާތީ ސަރުކާރުން ނިންމާފައި ވަނީ އެ މީހުންނަށް ވެސް ގޯތި ދިނުމަށެވެ.

ގޯއްޗާއި ބެހޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭން ސަރުކާރުން ނިންމީ ކެބިނެޓު ބައްދަލުވުމުގައި އެކަމަށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ފުރިހަމަ ސިޔާސަތެއް އެބައޮތްކަމަށާއި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކައް ދިމާވެފައިވާއިރު ސަރުކާރުން އެކަމުގެ ހައްލު ގެނެސްދޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: