ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ހައިދަރަށް ރުހުމެއް ނުދޭނަން: މީކާއިލް

މެމްބަރު މީކާއިލް އަދި މިނިސްޓަރު ހައިދަރު: ފޮޓޯ/ ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ޑރ. އަލީ ހައިދަރަށް ރުހުން ދިނުމަށް ވޯޓު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މީކާއިލްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދީފައިވާ ފްލެޓުތަކުގެ މައްސަލައާއި ގުޅިގެން މިނިސްޓަރު ހައިދަރު ދައްކަވާފައިވާ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތްުން މީކާއީލ ވިދާޅުވީ 2024 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓަށް ބެލުމުން ފެނިގެންދަނީ މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފޭރިގަންނަ މަންޒަރުކަމަށެވެ.

މީކާއިލް ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކުމަށްޓަކައި ހިމަނާފައިވާ 400 މިިލިއަން ރުފިޔާއާއި ހައުސިންގް މިނިސްޓަރު ދެއްވި އިންޓަރވިއުގައި ދެއްކެވި ވާހަކަތަކުން މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަން ފޭރިގަތުމަށް މި ސަރުކާރުން ތައްޔާރުވެފައިވާ މިންވަރު ސާފުވެގެންދާކަމަށެވެ. އެގޮތުން ބަޖެޓުން ބޯހިޔާވަހިކަން ފޭރިގަތުމަށް ތައްޔާރުވެފައިވާކަން ސާފުވާކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދޮގުވިއްކައިގެންކަމަށެވެ. އޭނާ އަދި ވެރިކަން ހޯދުމުގެ ބޭނުމުގައި މީގެ ކުރިން ދޮގުުތަކެއް ހަދާފައިވާކަމަށް ހައުސިން މިނިސްޓަރު ހައިދަރުވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުން ދީފައިވާ ގޯތިތަކަށް އެއްވެސް ބަދަލެއް ނުގެނަވަން ރައީސް މުއިއްޒުވަނީ މީގެކުރިން ވައުދުވެވަޑައިގެންފައިކަމަށާއި އެހެންނަމަވެސް ވެރިކަމުގެ ލައްޒަތު އިހުސާސްކުރެވުމާއިއެކު ރާގު ބަދަލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ނަޒަރިއްޔާ އާއި ނިއަތްވެސް ފޭރޭބައެއްގެ ނިޔަތަށް ބަދަލުވެފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ބަޖެޓުން ފެނިގެންދަނީ ބޯހިޔާވަހިކަން ފޭރިގަންނަ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެެ. މީކާއިލް ވިދާޅުވީ، އެއްވެސް ކެބިނެޓު މިނިސްޓަރަކު ނުދައްކަވާ މިންވަރަށް “ހޮޅި” ވާހަކަ މިނިސްޓަރު ހައިދަރު ވަނީ ދައްކަވާފައިކަމަށެވެ. އަދޖ 9 ސެޕްޓެމްބަރުގައި ބޭއްވުނު ފުރަތަމަ ބުރުގެ ނަތީޖާއާއި ހަމައަށް ކުރައްވާފައިވާ ކަންކަން ނޫނީ ރައީސް ސާލިހުގެ ސަރުކާރުން ކޮށްފައިވާ ކަންކަމަށް އިހުތިރާމު ނުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިކަން މީކާއީލް ފާހަގަ ކުރެއްވިއެވެ.

މީކާއިލްވަނީ މިނިސްޓަރު ދައްކަވާފައިވަނީ ކޮންކަހަލަ “ހޮޅި” ވާހަކައެއްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ދައްކާފައިވަނީ ކޮސް ވާހަކަތަކެއްކަމަށެވެ. މި ޒަމާނުގައި ރެޖިސްޓްރީ ހަވާލުކުރެވުމަށްފަހު ސަރުކާރަށް އެ ތަކެތި ރައްޔިތުންގެ އަތުން އަތުލުން ފަސޭހަ ނުވާނެކަަމަށް ކުރިން ގަބޫލުކުރެއްވުނު ނަމަވެސް މިނިސްޓަރުގެ ޕްރެސްއަށްފަހު، ފޭރިގަންނާނެކަން ސާފުވާކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގުޅީފަޅާއި، ގިރާވަރު އަދި ހުޅުމާލެއާއި އުތުރުތިލަފަޅަކީ ބޯހިޔާވަހިކަން ދިނުމަށް އެކަށީގެންވާ ތަންތަން ކަމަށެވެ. އެހެންކަމުން ވާދޫ ކަނޑުހުރަސްކޮށް މާލޭގެ ރައްޔިތުން ފުށިދިއްގަރު ފަޅަށް ޖަމާކުރައްވަން ނަހައްދަވަން އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތް ހިނދު އެ ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުން ދޭއިރު ހައުސިން މިނިސްޓަރަށް ރުހުން ދިނުމަށް ތްރީލައިން ވިޕެއް އެޅުމަށް ނަހައްދަވަން އެމްޑީޕީގެ ލީޑަރޝިޕާއި ޕާލިމެންޓަރީ ގުރޫޕަށްވެސް އެދިވަޑައިގަންނަވާކަމަށާއި ޔަގީނުންވެސް އޭނާގެ ވޯޓު ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ދިނުމަށް ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރު ވަޑައިގެން ހުންނެވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަތުމުގެ ނިޔަތުގައިށެވެ. އެހެންކަމުން އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވޯޓެއް ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ތްރީ ލައިން ވިޕު އެކަމަށް އެޅުމަށް ނަހައްދަވަން އޭނާ ތަަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ. އަދި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދެއްވުމަށް އެހެނިހެން ޕާޓީތަކުގެ މެމްބަރުނަށްވެސް އިހުތިރާމާއިއެކު ދަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
51%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: