ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ފްލެޓުތަކާއިމެދު އަމަލުކުރާ ގޮތް ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް!

ފޮޓޯ.. ސަންގު ( މެމްބަރު މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓުތަކާއިމެދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކުރުމަށް ރާވާފައިވާ ގޮތް ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި ކުއްލި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. މި މައްސަލަ ހުށައެޅީ ރައީސް ސާލިހުގެ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށްކަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓުތަކާއި ގުޅޭގޮތުން އެކި ފަހަރުގެ މަތިން އެކި ވާހަކަ ދެކެވިފައިވުމުން އެކަމާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ސާފުކުރުމަށާއި ބޯހިޔާވަހިކަމުގެ ލިޔެކިއުން ލިބިފައިވާ އެންމެނަށް އެތަންތަން ވީ އެންމެ އަވަހަކަށް އެތަންތަން ހަވާލުކުރުމަށް ގޮވާލުމަށްކަމަށް މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓުތައް އަތު ނުލާނެކަމަށް ރައީސް މުއިއްޒު ކެމްޕެއިންތަކުގެ ތެރޭގައި ވިދާޅުވިކަމަށެވެ. އަދި އެ ވައުދަށް އިތުބާރުކޮށް ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް ވޯޓު ދެއްވިކަމަށް ވާއިރު، އައު ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ބައެއް ރަޖިސްޓްރީތައް ދެވިގެން ނުވާނެކަމަށް ވިދާޅުވިކަމަށެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރު ހައިދަރު ރަޖިސްޓްރީތަކުގެ ސައްހަކާމާއިމެދުވެސް ސުވާލު އުފެއްދެވިކަމަށެވެ. އަދި އެހެން ތަންތަނުން ގޯތި ދޭންޖެހިދާނެކަމުގެ ވާހަކަތައްވެސް ދައްކަވާފައިވާކަަމަށްވުމުންނާއި އަލުން ފޯމުތައް ހުށައަޅަންޖެހިދާނެކަމަށްވެސް ވިދާޅުވެފައިވުމުގެ އިތުރުން ނިންމާފައިވާގޮތުގެ މަތިން ގޯތި ދީފައިވާ ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިނުވާއިރު، ފުށިދިއްގަރު ފަޅު ހިއްކުމަށް ފައިސާ ހިމަނާފައިވުމުން ސަރުކާރުގެ ނިޔަތާއިމެދު ސުވާލު އުފެދޭކަމަށެވެެ.

އެހެންކަމުން ގިނަ އަދަދެއްގެ މީހުން ނުތަނަވަސްކަމެއްގެ ތެރޭގައި ބޭތިއްބުމުގެ ބަދަލުގައި މި ކަންކަމާއި ގުޅުން ހުރި ހަގީގަތްތައް ހާމަކުރުމަށާއި ލިޔުން ލިބިފައިވާ އެންމެނަށް އެތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށްވެސް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފްލެޓް ލިސްޓުގައި އެބަހުރި މައްސަލަ. ހިޔާ ފްލެޓް ހުރި މީހުނަށް އެބަހުރި ލިބިފަ. އަނެއްކާ އަނބި ފިރިއަށް ލިބިފަ އެބަހުރި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: