ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީއެއް އުފެދެނީ ހަތަރު އުވަ ޖެހި ފާރާ ޓިނުގަނޑަކަށް ނޫން: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފެދެނީ ހަތަރު އުވަ ޖެހި ފާރަކާއި ޗައިނާ ޓިނުގަނޑަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީ ދެބައިވެފައިވާއިރު އެއް ބަޔަކު އެނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. މީކާއީލް މިހެން ވިދާޅުވީ މި އިންތިހާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިންތަކުގައި ޕާޓީ ހިންގާލުމަށްޓަކައި ހަރުގެ ތަކާއި ޖަގަހަތައް މުހިންމުކަމުގައި ބުނެ އަރާ ކޮންމެ ރަށެއްގައި ޖަގަހައެއް އަޅާނެކަމުގެ ވާ ވައުދުތަކަށް ރައްދު ދެއްވައެވެ. އަދި ފައްޔާޒްގެ ކެމްޕެއިން ޓީމުގެ ފަރާތުން ދަނީ ޕާޓިގައި އެއްވެސް ކަހަލަ އެއްވުންތަކެއް ނެތުމުގެ ސަބަބުން، ޕާޓީގެ އިތުރުން ސަރުކާރުވެސް ހިގަނީ ސްލޯކޮން ކަމުގައި ވިދާޅުވެ ކެމްޕެއިން ކުރައްވަމުންނެވެ.

މިކަންތައްތައް ފާހަގަ ކުރައްވާ މީކާއީލް ސުވާލުއުފެއްދެވީ މިބޭފުޅުންނަށް ސިޔާސީ ޕާޓީއެއް އުފެދެނީ ހަތަރު އުވަ ޖެހި ފާރާ ޗައިނާ ޓިނުގަނޑަކަށް ނޫންކަން އެގިވަޑައިނުގަންނަވަނީތޯ ކަމާއިމެދުގައެވެ. އަދި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެދެނީ އެ ޕާޓީއެއްގެ މެންބަރުންނާއި އެމެންބަރުންގެ ގަބޫލުކުރުންތަކާއި ފަލްސަފާތަކުގެ އިތުރުން ބަސްކޮށާރުގެ މައްޗަށްކަމަށެވެ.

އިންތިހާބުގެ ކެމްޕެއިންތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން “ގަޓު” ދައްކާ “ގަދަ’ ދައްކާލާނަންކަމުގައި ބުނެ ކެމްޕެއިން ކުރައްވަމުން ގެންދަވާކަމުގައި ފާހަގަ ކުރައްވާ މީކާއީލް ވިދާޅުވީ އެއީ ހަމަ އެމްޑީޕީގެ މެންބަރުންތޯ އޭނާގެ ހިތަށް އަރާކަމުގައެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިވޭފަދަ ވާހަކަތަކެއް އެމްޑިޕީގެ މެންބަރެއްގެ ފަރާތުން އިވުމުން ޖެހިލުންވާތަން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މި އިނތިހާބުގައި ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހޮވަން ޖެހޭ ޖެހުމުގެ މުހިންމުކަން އޭނާއަށް ވިނިވަޑައިގަންނަކަމުގައި މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ބަސްކޮށާރު “ފުޑެމުންދާ” ކަމުގައި ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެބޭފުޅުން ދަންނަނީ “ގަޓު ދައްކާލުމާއި “ގަދަ” ދައްކާލުން ނޫން ކަމުގައެވެ. އަދި މީކާއީލް ވިދާޅުވީ މިއާއި ހިލާފަށް އެމްޑީޕީ ދަންނަނީ އިންސާނީ ކަރާމާތާ ރައްޔިތުންގެ ހައްގުތަކާއި އަގަލާއި ކުލުނު ކަމަށާއި އެބޭފުޅުން ދައްކަވަން ބޭނުންވަނީ ރައްޔިތު މީހާއަށް ހޯދަ ދޭނެ އެއްޗެއްގެ ވާހަކަ ކަމުގައި އޭނާ ފާޙަގަ ކުރެއްވިއެވެ.

ރިލްވާން އާއި ޔާމީން ރަޝީދުގެ ނަން ފާހަގަކޮށް އޭނާ ވިދާޅުވީ އެބޭފުޅުން ބޭނުންވަނީ މިފަދަ ފަރާތްތަކުގެ ހައްގުތައް ހޯދައި ދިނުމަށް ކަމުގައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ދައުލަތަށް އަބުރާ ހޯދާނެ ގޮތުގެ ވާހަކަތަކަކީ ދެންވެސް މާލޭގެ އާންމު މެންބަރުން ދައްކަން ބޭނުންވާނެ ވާހަކަތައްކަމުގައި މީކާއީލް ވިދާޅުވިއެވެ. އަދި މި ވާހަކަތައް ދެއްކުމުގެ ސަބަބުން އެބޭފުޅުންނަކީ ސަރުކާރާއި ބީރައްޓެހި، ސަރުކާރު ވައްޓާލަށް ބޭނުންވާ ބަޔެއްގެ ގޮތުގައި ބަޔަކު ސިފަކުރަން ބޭނުންނަމަ ކުރަންވީކަމުގައި މީކާއީލް ވިދާޅުވިއެވެ. އޭނާ ފާޙަގަަ ކުރެއްވީ އޭނާ މަޖިލީހަށް ހޮޮއްވެވި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން އެކަންކަމާއިމެދު ސުވާލު ކުރައްވާކަމުގައި ވަނީނަމަ އޭނާ އަށް އެހެން ވާހަކަތަކެއް ދެއްކެން ނޯންނާނެކަމުގައެވެ.

އިތުރަށް އޭނާ ފާހަގަ ކުރެއވީ ޕީޕީއެމްގެ ބައެއް ފަލްސަފާތައް އެމްޑީޕީގެ ތެރެއަށް މަޑުމަޑުން ފޭއްދެމުން ދިޔުމަކީ ކަންބޮޑުވެލައްވާ ކަމެއްކަމުގައެވެ. އަދި ވެންޓިލޭޓަރުގެ މައްސަލަތައްފަދަ ބޮޑެތި ހިޔާނާތްތަށް ފާހަގަ ކުރައްވާ މީކާއީލް ވިދާޅުވީ ޕާޓީގެ އެއްބަޔަކަށް މިކަންކަމުގެ އިތުރުން، ބައި ލިބޭނެތީ ވައްކަން “އޯކޭ” ވީކަމުގައި ވީނަމަވެސް އެމްޑީޕީގެ މާލޭގެ އާންމު މެންބަރުންނަށް މިފަދަ ކަންތައްތައް ދުވަހަކުވެސް “އޯކޭ” ނުވާނެކަމުގައެވެ.

މީކާއީލް ވިދާޅުވީ މިފަދަ ކަންކަމުން ދުރުވެ އެމްޑީޕީގެ ވަންތަކަން ދަމަހައްޓާނެ ބޭފުޅަކު ހޮވަންޖެހޭކަމުގައެވެ. އަދި މީކާއީލްދަނީ މިބޭފުޅާކީ އިންތިކަމުގައި ރައްޔިތުންނަށް ދައްކަވާ ދެއްވުމަށްޓަކައި ތަފާތު ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

މީގެ އިތުރަށް އޭނާ ފާހަގަ ކުރެއްވީ މާލެ އެބޭފުޅުންނަށް ގެއްލިއްޖެކަމުގައި އާއި މިކަމުގެ ސަބަބު އެކި އެކި ޕްލެޓް ފޯމްތަކުގައި ސަރުކާރަށް އިވަން މަސައްކަތްކުރި ނަމަވެސް މި އަޑު ސަރުކާރަށް އިވޭތަން އަދިވެސް ނުފެންނަކަމުގައެވެ. ކުރިއަށް އޮތްތަނުގައި މާލެ އަބުރާ އެމްޑީޕީއަށް ހޯދާ، ސަރުކާރަށް ޕާޓީގެ އާންމު މެންބަރުގެ ބަސް އިއްވަން ބޭނުންކަމުގައި ވަނީނަމަ ސަރުކާރުގެ ވަޒީރަކު ހޮއްވަވައިގެން މިކަންތައް ހާސިލް ނުވާނެކަމުގައި މީކާއީލް ވިދާޅުވިއެވެ.

ސަރުކާރަށް އެމްޑީޕީގެ ރައްޔިތުންގެ ބަސް އިއްވަން ބޭނުންވާނަމަ، ދެގޮތެއް ނުވެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރުވެސް ފައިސާގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައި ނުގަނެ އަދާކުރައްވާފައިވާ، މާލޭގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ނަޒާހަތްތެރިކަމާއިއެކު ވަކާލާތު ކުރައްވާ، ހައްގުގެ މަތީގައި ހައްގު ގޮތުގައި ހުންނެވި ކެޑިޑޭޓު އިމްތިޔާޒް ފަހުމީއަށް ވޯޓުދެއްވުމަށް މީކާއީލް ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: