ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އިމާރާތްތައް ކުއްޔަށް ދީގެން އުޅޭ މަހުޖަނުންނަށް ވެސް ގޯތި ލިބުނު: ސިރާޖު

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭކަމަށް އިއުލާނު ކުރި ވަގުތީ ލިސްޓުގައި ހިމެނެނީ މާލޭގައި ބިޔަ އިމާރާތްތައް ހުރި، ކުލީ ވިޔަފާރި ކުރާ މަހުޖަނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުވާލި ސްކީމަށް ކުރިމަތިލުމުން ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގެޒެޓުގައި މިވަގުތު ޝާއިއުކޮށްފައިވާ ލިސްޓުގައި ހުރި ބައެއް ނަންތަކާއި އާއިލާތަކާއި ގުޅުވައި އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނީ އެއީ އެންމެ ބޯހިޔާވަހިކަމަށް ޖެހިފައިވާ ހާލަތުގައި ޖެހިފައިވާ މީހުންތޯ ސުވާލު އުފައްދަ އެވެ.

އެއީ ސަރުކާރާއި ގުޅުން ހުރި ބައެއް މީހުންނާއި، އެ މީހުންގެ އާއިލާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެކްޓިވިސްޓުންގެ އިތުރުން ވިޔަފާރި އާއިލާތަކަށް ވެސް ބިން ލިބިފައިވާތީ އެވެ.

މައްސަލައިގައި ސިރާޖު ވިދާޅުވީ ނިކަމެތި މީހާއަށް ގޯތި ދިނުމުގެ ނަމުގައި ނެރުނު ލިސްޓު ރަނގަޅަށް ދިރާސާ ކުރުމުން އޭގެއިން ސާފުވީ އަނބިދަރިންނާއި މައިންބަފައިންގެ ނަމުގައި އިމާރާތްތައް ނަގައި ކުއްޔަށް ދީގެން ތިބި މީހުން އަނެއްކާވެސް އޭގެއިން ނުފުދިގެން އިތުރު ބިންތައް ހޯދާފައިވާކަން ކަމަށެވެ.

ނިކަމެތި މީހާއަށް ގޯތިދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރިބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެމީހުންނަށް ކުއްޔަށްދީގެން ތިބި އެތައްމަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން އެއާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާކަން. މާލޭ އޭރިއާއިން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއްނޫން. ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނުވެސް ފަސޭހަކަމާއެކު ދޭނެ. މިތަފާތު ކުރުން ނައްތާލަންޖެހޭ.

ސިރާޖު ވިދާޅުވީ މާލޭގެ ސަރަހައްދަށް ހިލޭ ބިން ބެހުމަކީ އިންސާފުން ކުރެވޭނެކަމެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައްޖޭގެ އަތޮޅުތަކުގައި އިމާރާތްތައް އެޅުމަށް ބޭންކުން ލޯނު ނެގުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭއިރު މާލޭގެ ސަރަހައްދުން ފަސޭހަކާމާއި އެކު އެ އިންތިޒާމު ހަމަޖެހުމަކީ އެއީ ތަފާތު ކުރުންކަމަށް ސިރާޖު ސިފަ ކުރި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރިފަހުން ތަފާތު އެކި މައްސަލަތައް މި ދެ ދުވަހު ވަނީ އާއްމުވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރާއި ގުޅުން ހުރި ބައެއް މީހުންނަށް ގޯތި ދިން މައްސަލައާއި ރާއްޖެއަށް ރަށްވެހިކަން ބަދަލު ކުރިތާ މާގިނަ އަހަރުތަކެއް ވެފައިނުވާ އިންޑިއާގެ ބަޔަކަށް ގޯތި ލިބޭ މައްސަލަ ހިމެނެ އެވެ.

ގޯތި ލިސްޓުން ފާހަގަކުރެވޭ މައްސަލަތަކުގެ ޝަކުވާތަކާއި ގުޅިގެން ސަރުކާރުން ބުނެފައި ވަނީ ގެޒެޓު ކުރީ ވަގުތީ ލިސްޓުކަމަށާއި ދާއިމީ ލިސްޓު އާއްމުކުރާއިރު ފާހަގަކުރެވުނު ކުދިކުދި މައްސަލަތައް ހައްލުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: