ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ބިންތައް އިމާރާތް ކުރެވޭނީ 6 ފަންގިފިލާއަށް: އާރބަންކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށް އެ ތަނުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާ ކަމަށެވެ. އެހެންވެ މަސައްކަތް ފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އިމާރާތް ކުރުމާއި ގުޅޭ އުސޫލު ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ.

އެ އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުން ފަރާތްތަކަކަށް އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ 6 ފަންގިފިލާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް މި އުސްމިނަށް ބަދަލު އަންނާނެކަމަށް ބުނެފައި ވެއެވެ.

އެގޮތުން މިހާރު ވެސް އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ގަވައިދު އެކުލަވާލާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

“އަދި ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއި އެކު 10 ފަންގިފިލާގެ ގަވައިދަށް އަމަލު ކުރެވެން ފަށާނެއެވެ. އެހެންކަމުން މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މި ކޯޕަރޭޝަނުން ގަބޫލުކުރަމެވެ.” އާބަންކޯއިން ނެރުނު ބަޔާނުގައި ވެއެެވެ.

ބިންވެރިޔާ ސްކީމްގެ ކުރިން ހުޅުމާލޭގައި މިފަހަކާ ޖެހެންދެން އޮތީ ހަތް ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް މިިދިޔަ މަހު ވަނީ 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންނަށް އިމާރާތްކުރެވޭނީ އެންމެ މައްޗަށް ވެސް ހަ ބުރިއަށްކަމަށް އާރބަންކޯއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: