ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުގެ ޒުވާނުންނަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުމުގެ ދެވަނަ ޝަރުތަށް ނުފެތޭ

ގޯތި ކަނޑައެޅުމަށް ޕްލޮޓުތައް ސާފުކުރާ މަންޒަރު: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

18 އަހަރުގެ ޒުވާނުންނަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުމުގެ ޝަރުތަކުގެ ތެރޭން ދެވަނަ ޝަރުތަށް ނުފެތޭ ގޮތަށް އުސޫލު އާންމުކޮށް ގެޒެޓް ކޮށްފިއެވެ.

އެ އުސޫލުގެ ތިންވަނަ މާއްދާގެ ށ. އަދި ރ. ގައިގައި ބަޔާން ކޮށްފައިވަނީ ބިންވެރިޔާ އުސޫލުގެ ދެވަނަފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ ޝަރުތު ތަކުގެ ތެރޭގައި، 18 އަހަރު ފުރިފައި ވުމާއި،  މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރުދުވަސްވެފައިވުމުގެ އިތުރުން އެއްވެސް އިރެއްގައި މާލެނޫން ރަށެއްގައި ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތަކަށް ގޯތި ލިބިގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން ގޯތި ދޭ މައިގަނޑު ސަބަބެއް ކަމަށް ބުނެ، ޝަރުތުތައް ކަނޑައަޅާފައިވަނީ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ވީހާވެސް ގިނަަބަޔަކަށް ގޯތިލިބޭނެ ގޮތް ހައްދަވާދެއްވުމަށް ކަމަށް ބުނެފައިވެއެވެ.

އެގޮތުން ދެވަނަަ ފިޔަވައްސާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ބަންޑާރަގޯތި ދޫކުރުމުގެ އެންމެހައި ކަންކަން އިންތިޒާމް ކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެެއްގެމަތިން ވީހާވެސް ގިނަބަޔަކަށް ގޯތިލިބުމުގެ ފުރުސަތު ފަހިވާގޮތަށް ކަމަށެވެ.

ގޯތި ދޫކުރުމުގައި މި އުސޫލުގެ ތިންވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވެފައިވާ މީހުންގެ އަދަދު މި އުސޫލުގެ ދަށުން ދޫކުރާ ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގޯއްޗަށް އެދިފައިވާ ފަރާތްތައް ކަނޑައަޅާނީ ގޯއްޗަށް އެދި ހުށައަޅާ އެޕްލިކޭޝަނުގެ ބައިވެރިންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ރަށްވެހިކަމާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ އުފަންދަރިންނާއި، ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ ފަރާތާއި، އެފަދަ ފަރާތްތަކުގެ އުފަންދަރިންނާއި، ޝަރުއީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބިމުގައި ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ އެ ގޯއްޗާއި މެދު އަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޔާއަތް ކުރުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.

ގޯތި ލިބޭ މީހުން ކަނޑައަޅަނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީ އަކުންނެވެ. އަދި ޝަރުތު ފުރިހަމަވާ މީހުންގެ އަދަދު ގޮތީގެ އިތުރުވާނަމަ ގޯތި ދިނުމުގައި އިސްކަންދޭ މީހުންނަށް ޕޮއިންޓްދިނުގެ އުސޫލުތައް ކަނޑައަޅާނީ ވެސް އެ ކޮމެޓީން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: