ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ބަޔަކަށް ގޯތި ލިބޭނަމަ، އިންތިހާބަށް އައިޑީ ކާޑު ދޭނެކަން ވެސް ސާފު: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރި މީހުންގެ ލިސްޓުގައި އިންޑިއާގެ ބައެއް މީހުންގެ ނަންތައް ހިމެނިފައިފާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އައިޑީކާޑުން ވައްކަން ކުރުމުގެ ފުރުސަތު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 5،000 ގޯތިއަށް ހުޅުވާލި ފުރުސަތުގައި 15،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާއިރު މީގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުން އުސޫލުގައި ބުނާ ޝަރުތުތައް ފުރިހަމަވެ އެވެ.

ގޯތިތައް ދޫކުރުމުގައި ބެލި ޝަރުތަކީ މާލޭގެ ރަށްވެއްސަކަށްވުމާއި އެކު، މައިންބަފައިންގެ ތަރިކަ މުދަލުން ލިބިފައިވާ ބައެއް ނުވަތަ ލިބެން އޮތް ބައެއް ދޫކޮށްލަން އެއްބަސްވުމެވެ.

ލިސްޓު ގެޒެޓުގައި ޝާއިއު ކުރުމާއި އެކު މި ދެ ދުވަހެއްގެ ތެރޭގައި ގިނަ މައްސަލަތައް ފެންމަތިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްވެހިން ހޯދާފައިވާ އިންޑިއާ ބައެއްގެ ނަން ލިސްޓުގައި އޮތްކަން ފާހަގަކުރެވެ އެވެ. ދާއިމީ ލިސްޓުން އެކަން އިސްލާހު ކުރާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

މި މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ގޯތީގެ ކަންކަމުގައި މި މޭރުމުން އަމަލު ކުރުމުން އައިޑީކާޑުތައް ވެސް ދޫކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިންޑިއާގެ ބައެއް މީހުންނަށް ދިވެހި އައިޑީކާޑު ހަދައިދޭން އުޅޭކަމުގެ އަޑުތައް މީގެ ކުރިން ވެސް ފެތުރުނު ކަމަށެވެ. އަދި އެފަދަ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިޔަށްދާކަމުގެ ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރި އެވެ.

ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ފާރުވެރި ވާންޖެހޭކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުން ވި ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމުގެ ވައުދު ފުއްދިފައިވާކަމަށް ބުނެ ގިނަ ބައެއްގެ އެންމެ ބޮޑު ތައުރީފެއް މިވަގުތު އޮތީ ރައީސް ސޯލިހަށެވެ. މާލޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނެސް ދިނީ މި ސަރުކާރުންކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ބުނެފަ އެވެ.

ބިންވެރިޔާ ފްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ހުށަހެޅިއިރު އޭގެ ތެރެއިން 10،314 މީހަކު ގޯތި ދޫކުރާނެކަމަށް ބުނާ އުސޫލުތަކާއި ޝަރުތު ފުރިހަމަ ވެއެވެ. 5000 ގޯތި ދިނުމަށް އިއުލާނު ކުރުމަށް ފަހު، ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމު ކުރިގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ބުނާ ހުރިހާ އެންމެނަށް ވެސް ގޯތި ދޫކުރުން ކަމަށެވެ.

މިއީ ވުޖޫދުގައި ނެތް ބިންތަކެއްކަމަށާއި، ލިސްޓެއްގައި ނަން ޖެހުމުން ލިބޭ ގޯއްޗެއް ނެތްކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި އިދިކޮޅުން އެ ލިސްޓު ދެކެނީ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: