ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 މެއި 2023 ކުރުނބާ މޯލްޑިވްސްގައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މަޢޫލުމާތު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ. 

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ ”ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަރސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި“ އެވެ. އެގޮތުން މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަޤްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭ.އައި.ގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: