ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލިއަނުން ލޯނު ނަގައިން ގެނައި ބޯޓުގެ ހާލަތު ގޯސްވެ ޖެހުނީ މަސްކިރުން ހުއްޓާލަން: ޝިޔާމް

ޖަޒީރާ 103 ގެ އެތެރޭގެ މަންޒަރުކަމަށް ބުނެ ޝިޔާމް ހިއްސާކުރެއްވި ފޮޓޯތައް: ފޮޓޯ/ މެމްބަރު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ ކުންފުނިން ގެނެސްފައިވާ ބޯޓެއްކަމަށްވާ “ޖަޒީރާ 103” ގައި ބޮޑެތި މައްސަލަތައް ހުރިކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އޮޕަރޭޓުކުރަން ފަށާފައިވާ “ޖަޒީރާ 103” ރަސްމީ ގޮތުން މިފްކޯގެ ލައިނުގެ ބައެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މޭ މަހުގެ 18 ވަނަ ދުވަހުގައެވެ.  މިފްކޯއިން ހިއްސާކޮށްފައިވާގޮތުން، މި ބޯޓުގައި 120 ޓަނުގެ މަސް ފިނިކޮށް ބެހެއްޓުމުގެ ގާބިލުކަން ހުރެއެވެ. އަދި ޖުމުލަގޮތެއްގައި 420 ޓަނާއި ގާތް ކުރާ އަދަދެއްގެ މަސް ރައްކައުކުރުމުގެ ޖާގަވެސް ހުރެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓްގައި އޭނާ ވަނީ ޖަޒީރާ 103 ގެ އެތެރޭގެ މަންޒަރުތަކެއް ކަމަށް ބުނެ، ފޮޓޯ އަދި ވޯޑިއޯ ހިއްސާކޮށްފައެވެ. ޝިޔާމް ހިއްސާކުރެއްވި ވީޑިއޯ އަދި ފޮޓޯއިން ފެނިގެންދާގޮތުން، އެ ބޯޓުގެ އެތެރޭގައި ގިނަ އަދަދެއްގެ ދަބަރު ޖަހާފައިވެއެވެ. އަދި ބޯޓުގެ ތެރޭގައި ގިނަ ދުވަސްވެ، ބާވެފައި ހުރުމުގެ ނިޝާންތައްވެސް ފެނިގެންދެއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ، އެ ބޯޓަކީ މީގެ 10 ވަރަކަށް ދުވަސް ކުރިން ބޭނުންކުރަން ފަށާފައިވާ ބޯޓެއްކަމަށެވެ. ޝިޔާމް ވިދާޅުވީ، މި މަހުުގެ 18 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މަސް ކުރުމުގެ މަސައްކަތްތައް ކުރަން ފެށިއިރު، ބޯޓުގެ ހާލަތު ހުރީ އޭނާ ހިއްސާކުރެއްވި ގޮތަށްކަމަށެވެ. ޝިޔާމް ވިދާޅުވީ، ބޯޓުގެ ހާލަތު ހުރި ގޮތް ގޯސްވުމުގެ ސަބަބުން މަސްކިރުމުގެ މަސައްކަތްތައް ކުރަން ފެށުމަށްފަހު، 20 ޓަނާއި ގާތް ކުރާ އަދަދަކަށް ކިރުމަށްފަހު ޖެހުނީ ހުއްޓާލަންކަމަށެވެ. އޭނާ ވިދާޅުވީ، ޖަޒީރާ 103 އަކީ އެތައް މިލިއަން ޑޮލަރެއް ލޯނުގެ ގޮތުގައި ނަގައިގެން ގަނެފައިވާ އާ ބޯޓެއްކަމަށް ސަރުކާރުންވަނީ ބުނެފައިކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ރޯމާ ދުވާލު ކުރާ ވައްކަން ކަމަށެވެ.

ޝިޔާމްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރެއްވިއިރު، ޖަޒީރާ 103 ގެ ނަމުން ނަންދެވިފައިވާ ބޯޓަކީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޮރެއާގެ ޑޮކްޔާޑަކުން ރާއްޖެއަށް ގެނެސްފައިވާ ބޯޓެކެވެ. މި ބޯޓަކީ މިފްކޯގެ ހިންގުންތެރިކަން އިތުރު ކުރުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގެނައުމަށް ކަނޑައެޅިފައިވާ ތިން ބޯޓުން އެއް ބޯޓެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ޖަޒީރާ 103 ހަރަކާތްތެރިވަމުންދާނީ ގދ ސަރަހައްދުގައެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 56%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: