ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ސަރުކާރުން ކުރަމުންދަނީ ޖެއްސުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާރު ކުރަމުންދަނީ ހެޔޮ ނިޔަތެއް ހުރެގެން ކުރަމުންދާ މަސައްކަތެއް ނޫންކަމަށާއި ކުރަމުންދަނީ ޖެއްސުން ކުރުމުގެ މަސައްކަތްތަކެއްކަމަށް ޕީޕީއެމްގެ ނައިބުރައީސް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “2023ގެ ރައީސް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމްވަނީ އިންތިގާލީ މަރުހަލާގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރުގެ ފަރާތުން ފެންނަމުންދާ އަމަލުތަކާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ، ވަޒީފާ ދިނުން ފަދަ ކަންކަން ކުރަމުންދަނީ ޖެއްސުންކުރުމުގެ ގޮތުންކަމަށެވެ.

ޝިޔާމް ވިދާޅުވީ، ގާނޫނުގައި ހުރިހާ ވާހަކައެއް ލިޔެފައިނުހުންނަކަމަށެވެ. އެހެންނަމަވެސް އެއްބާރުލުން ދިނުމަށް ޓްރާންސިޝަނަލް ގާނޫނުގައި އޮންނަކަމަށާއި އެ ގޮތަށް އަމަލުކުރުމަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް ސީދާ ހުރަސްއެޅޭ ގޮތަށް ސިޔާސީ ވިސްނުމެއްގައި އަމަލުކުރަމުންދާނަމަ އެއީ އެއްބާރުލުން ދިނުމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އަމަލުކުރަމުންދަނީ އިންތިގާލީ މަރުހަލާގައި އަމަލުކުރަންވާ ގޮތަށް ނޫންކަމަށެވެ. ސަރުކާރުން އަމަލުކުރަމުންދަނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި މި މަރުހަލާގައި އަމަލުކުރާ ގޮތަކަށް ނޫންކަމަށާއި ބޭރުގެ އެމްބަސީތަކަށް މީހުން އައްޔަނުކުރުން ފަދަ އަމަލުތައް ހިންގަމުންދާއިރު މިހާރު ހަދާފައިވާ ފޮރިން ސާވިސް ގާނޫނު މެދުވެރިކޮށް ބައެއް މީހުން މަގާމުތަކުގައި ދާއިމީކޮށް ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ޝިޔާމް ވިދާޅުވީ، އެއީ އެ ގާނޫނުގެ ނާޖާއިޒް ފައިދާ ނެގުންކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ އެ އިމުން ބޭރުން ކުރެވޭ ކަމެއްކަމަށާއި ބައެއް ބޭރު ގައުމުތަކުގައި ތިބި މީހުންނަށް މަގާމުތަކުގައި ދާއިމީކޮށް ތިބެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ކުރަމުންދާކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންތިހާބާއި ގުޅިގެން ސަރުކާރުން ހިންގާފައިވާ އަމަލުތަކަށް ބަލާއިރު ފުރަތަމަ ބުރު އޮތް ދުވަހުގެ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައިވެސް އާދަޔާ ހިލާފު އަދަދަކަށް މުއައްޒަފުން ނަގާފައިވާކަން ފާހަގަކުރެވޭކަމަށެވެ.

ޝިޔާމް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދުވެސް ގިނަ އަދަދެއްގެ ވަޒީފާތައް ދިންކަމަށާއި އާބާދީ އާއި ނުބައްދަލު މިންވަރަކަށް ބައެއް ރަށްތަކުގައި ވަޒީފާ ދީފައިވާކަމަށެވެ. އަދި މިހާރު އިންތިހާބުން ބަލިވުމުން ސިޔާސީ ބޭނުމެއް ފުއްދުމުގެ ގޮތުން ވަޒީފާތައް ދިނުމާއި މަސައްކަތްތައް ފެށުމުގެ އިތުރުން ބައެއް މީހުންނަށް ބަދަލު ދިނުން ފަދަ ކަންކަންވެސް ކުރަމުންދާކަމަށެވެ. ޝިޔާމް ވިދާޅުވީ، އެ ހުރިހާ ކަމެއް ނުކުރެވޭނެކަމަށާއި އެއީ އެއްބާރުލުން ދިނުމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: