ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ބިލު، ކަރަންޓު ބިލުގައި ހިމެނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވެމްކޯގެ ބިލު ކަރަންޓި ބިލުގައި ހިމެނުމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން ގެންދާ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދޭ ކަރަންޓު ބިލުގެ ފީ އެއްކޮލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ކަރަންޓު މީޓަރު ހަރުކޮށްފައި ހުންނަ ގޭބިސީތަކަށް ދެން ކަރަންޓު ބިލު ފޮނުވާފައި ކުނި ބިލު އެއްކޮށްލުމަށް ފަހު އެވެ. އާއްމުކޮށްފައިވާ ގެޒެޓު ގަވައިދުގައި ވާގޮތުގައި އެ ގެއެއްގެ ނުބަތަ ގޭބިސީއަކުން ކަރަންޓު ޔުނިޓު 34 ޔުނިޓަށް ވުރެ މަދުން ބޭނުން ކުރާނަމަ ކުނި ނުއުފައްދާކަމަށް ބަލައި ބިލު ނުކުރާނެ އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ސްޓެލްކޯގައި އޮތް ރަސްމިއްޔާތުގައި، ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ޝަރީފް ވިދާޅުވީ ކުނި އުކާލުމުގެ ފީ ކަރަންޓު ބިލާއި އެއްކުރުމުން އެކަމަށް ކުރަންޖެހޭ އިދާރީ މަސައްކަތަށް ކޮންމެ ބިލަކުން އެ ކުންފުނިން ނަގާނީ 2 ރުފިޔާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މި އެއްބަސްވުމަށް އާދެވިފައި ވަނީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ވެމްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން ސިރާޖު ވެސް ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި ކުނި ނެގުމުގެ ހިދުމަތް ދޭނީ ގޭގެ ދޮރުމަތީންކަމަށާއި، އެކަމަށް އާއްމުން ސަމާލުވުމަށް އެދޭ ކަމަށެވެ.

ކުނި މެނޭޖު ކުރުމުގެ ހިދުމަތަށް ރެޖިސްޓްރީވުމުގެ ގަވައިދުގައި ވަނީ، ބިލު ކުރާ މުއްދަތުގެ ކުރިން ދީފައިވާ އެއްވެސް ހިދުމަތެއްގެ އަގު ބިލުގެ މުއްދަތުގައި ހިމަނައިގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: