ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމް އުވާލުން މަޑުޖައްސާލުމަށް އެންގުން: ”ޕާޓީގެ އިސްލާހީ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރޭ“

އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމުރުކޮށްފިއެވެ.

އެމް.އާރް.އެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން މީޑީއާތަަށް މައުލޫމާތުދެއްވަމުން އެމް.އާރް.އެމް އިން ބުނީ އުވާލަން ނިންމާ މިމަހުގެ 24ވަނަ ދުވަހު އީސީ އިން ނެރުނު ޢަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ރޭ ވަނީ އަމުރުކޮށްފައިކަމަށެވެ.

އެ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށް އެމްއާރުއެމްއިން ބުނެއެވެ. ނަމަވެސް، އެ ޕާޓީއިން އަބަދުވެސް ޔަޤީން ކުރާކަމަކީ މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމު ކުރެވޭނެކަންކަމަށް ބުނިއެވެ.

އެހެންކަމުން، އެމް.އާރް،އެމްގެ މަސައްކަތްތަށް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި، ކޮމިޓީތަކާއި އަދި އެންމެހާ ޕާޓީގެ މެންބަރުންނަށް އެމްއާރުއެމްއިން ވަނީ ދަންނަވާފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މެންބަރުން، އެމްއާރުއެމްއާއެކު ސާބިތުކަމާއެކީ ދެމިތިބުމަށް އެމްއާރުއެމްއިން ވަނީ އެދިފައެވެ.

އެމްއާރުއެމް އުވާލަން ނިންމީ މެންބަރުން ހަމަކުރަން ދެެ ފަހަރަށް ދިން ނޯޓިސްގެ މުއްދަތުގައި ވެސް 3،000 މެންބަރުން ހަމަނުކުރެވުމުންކަމަށް އީސީއިން ބުނިއެވެ. 3،000 މެންބަރުން ހަމަނުވާކަމަށް ބުނެ އީސީއިން އެމްއާރުއެމް އުވާލުމަށް ނިންމި މައްސަލައިގައި އެ ޕާޓީ އިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ކޯޓަށް ހުށަހަޅަން ގަސްތުކުރާ މައްސަލައިގައި އެދޭ ފަރުވާ ހާސިލް ނުވެދާނެތީއެވެ. އެ ހާލަތުގައި ޕާޓީ ވުޖޫދުގައި ނެތުމުގެ ފުރުސަތު އޮތުމުން، އެއީ އެމްއާރުއެމްގެ މެންބަރުންނަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމެއްކަން އެމްއާރުއެްއިން ކޯޓަށް ހުށައެޅި މައްސަލައިގައި ފާހަގަކޮށްފައިއެވެ.

މިކަމާއި ގުޅިގެން ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެމްއާރުއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. އަދި އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީސީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: