ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިން ފޭބި ފަހުން އައްޑޫ ދިޔައީ ފަހަތަށް: ރައީސް

ގަން ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫއަކީ ސަރަހައްދީ އިގްތިސާދީ ނާރެހުގެ ގޮތުގައި ތަރައްގީ ކުރަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައި ރައީސް ވަނީ އެއާޕޯޓުގެ ތާރީހު ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އިނގިރޭސިން އައްޑޫއިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫގެ ތަރައްގީ ދިޔައީ ދަށަށް ކަމަށެވެ. އިނގިރޭސިން އައްޑޫން ފޭބިތާ 66 އަހަރު ފަހުން އެއާޕޯޓު ތަރައްގީ ކުރަން ފަށަން ޖެހުމަކީ އޭގެ މިސާލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރާނީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭގޮތަށް ކަމުގައެވެ. އަދި މި މަޝްރޫއުއަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުއެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސޯދު 10 އަހަރުން ދެގުނަކުރުމަށްޓަކައި ސަރުކާރުން އިންގިލާބީ މަޝްރޫއުތަކެއް ކުރިޔަށްގެންދަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގަން އެއަޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ ހިދުމަތްތަކަށް ވެސް ވިސްނުން ބަހައްޓައިގެންކަމަށެވެ.

އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ، އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާކޮޅާ ހަމަޔަށް ފޯރި. ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި… ތެދުފުޅެއް. އޭރު އެ އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް، ފެންނަން އޮތް ޙަޤީޤަތް ކިތަންމެހާވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ، ރާއްޖޭގެ ދެކުނުކޮޅު. އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ.

އެއަޕޯޓާއި އެކު ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުއިތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން މިހާރު ތަރައްގީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، އެއަޕޯޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ހިދުމަތާއި އެކު ގިނަ ތަކްލީފުތަކަށް ހައްލު ލިބިގެންދާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.

ސަރަޙައްދީ، އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. މި ދެންނެވި މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް. މިއަދު މި ތަނަށް ޖަމާވެ، ރަސްމީގޮތުން އަޅުގަނޑުމެން މި ފަށަނީ އެ މަސައްކަތް.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެކަމާއި އަދި އޯގަސްޓު މަސްތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެކަމަށް ވިދާޅުވެފަ އެވެ. އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަން ކުރިޔަށްދާނީ އެކުއެކީގައިކަން ފާހަގަކުރައްވައި ހަންކެޑެގެ އިތުރަށް, ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރު 5 ރަށެއް ތަރައްގީ ކުރެވޭނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަންއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: