ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން އެދޭނަމަ މަޖިލީހުގެ ރިޔާސަތާއި ހަވާލުވާން އަސްލަމް ތައްޔާރު

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކިކޮށް ޕާލިމަންޓު ގުރޫޕުން ނިންމައިފި ހާލަތެއްގައި ރިޔާސަތާއި ހަވާލުވާން ތައްޔާރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ، ޕާލިމަންޓު ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން މިއަދު ނިންމީ ރައީސް ނަޝީދު ރައީސްކަމުން ވަކި ކުރުމަށެވެ. އެތެރޭގެ މައްސަލަތައް ހޫނުވެ، ރައީސް ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށް، އެމަނިކުފާނު މަޖިލީސް ހިންގަވަނީ ގަވައިދާ ހިލާފަށްކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް އެ ޕާޓީގެ ޕީޖީގެ ވިސްނުން އެމަނިކުފާނު ވަކި ކުރުމަށް މީގެ ކުރިން ނެތެވެ.

ރައީސް ނަޝީދާއި އަރިސް، ޑިމޮކްރެޓްސްގެ މެމްބަރުން ސިފަ ކުރާގޮތުގައި އެކަން ކުރިޔަށް ގެންދާނެ ގަޓު އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތެވެ. އަދި ކުރިން ވެސް އެ ފިޔަވަޅު އަޅަން ނުކުރުނީ އެ ސަބަބާއި ހުރެކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ފެށީ މިއަދުގެ މެންދުރު އެވެ. ނިޒާމު ގެއްލިފައިވާކަމަށް ބުނެ މަޖިލީހުގެ ޖަލްސާ ނިންމާލިތާ މާގިނަ އިރެއް ނުވެ ޕީޖީގެ ބައްދަލުވުމެއް ބާއްވައި ނިންމީ ރައީސް ނަޝީދު ރިޔާސަތުން ދުރު ކުރުމަށެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސަށް ވީތީ، އެމަނިކުފާނު ރިޔާސަތުން ދުރު ކުރުމުގެ ވިސްނުން ނެތްކަމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން ބުނި ނަމަވެސް ޑިމޮކްރެޓްސްގެ މެމްބަރުން ބުނެފައި ވަނީ ރައީސް ނަޝީދު ވަކި ކުރުމުގެ ގަޓެއް ރައީސުލްޖުމްހޫރިއްޔާގެ ނެތް ކަމަށެވެ. އަދި ސޮއި ހަމަކޮށްގެން ވެސް އެ މައްސަލަ ކުރިޔަށް ގެންދާނެކަމަށް ގަބޫލު ނުކުރާކަމަށް ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓްސް މެމްބަރުން އެގޮތަށް ވިދާޅުވީ ނަމަވެސް ރައީސް ނަޝީދަށް އިތުބާރު ނެތްކަމަށް 50 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ނިންމުން އިއުލާނުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ އާއްމުވި ސުވާލަކީ ދެން އެ ގޮނޑި ބޭނުންވާ ބޭފުޅަކާއި ގުޅޭގޮތުންނެވެ.

އަސްލަމާއި ކުރި ސުވާލަށް ވިދާޅުވީ، އޭނާ އެ މަގާމަށް އައުމަށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް އަދި މާ އަވަސްކަމަށް ދެކޭ ކަމަށެވެ. އެކަމަކު އޭނާގެ ޖަވާބުގައި ވިދާޅުވީ ގޮތުގައި ގޮތް ނިންމާނީ ޕީޖީންނެވެ. އެހެންކަމުން އެ ނިންމުން ނިންމައިފި ނަމަ އެކަން ގަބޫލު ކުރާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަކި ގޮތެއް އަދި ނުނިންމަން… ދެން ޕާލިމަންޓް ގުރޫޕުން ނިންމާނީ… އެފަދަ ނިންމެވުމެއް ނިންމައިފި ނަމަ ހިތުގެ އަޑިން އެކަން ގަބޫލު ކުރާނަން

19 ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބުވެ، އެންމެ ފުރަތަމަ މަޖިލީހުގެ ރައީސަކަށް އަސްލަމް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އޭރު ރައީސް ސޯލިހު ބޭނުން ވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް އެ މަގާމު ދިނުމަށް ނަމަވެސް ދަރުބާރުގޭގައި އޮތް ބައްދަލުމެއްގެ ތެރެއިން އެކަން ބަދަލުވެ ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ގެނައުމަށް އިއުލާނު ކުރީ ކުއްލިގޮތަކަށެވެ.

އޭރު އަސްލަމަކީ ރައީސް ނަޝީދާއި އަރިސް ބޭފުޅެކެވެ. 19 ވަނަ މަޖިލީހުގެ ރައީސަކަށް ގެންނާނެ ބޭފުޅަކާއި މެދު އުފެދުނު މައްސަލަތަކަށް ފަހު ރައީސް ނަޝީދު އެ މަގާމަށް ގެނައުމަށް އެމަނިކުފާނުގެ ނަން ހުށަހެޅީ އަސްލަމެވެ.

މިއީ އަސްލަމް މަޖިލީހުގެ ގޮނޑިއެއްގައި ހުންނަވާ 04 ވަނަ ދައުރެވެ. އަދި އޭނާއަކީ މަޖިލީހަށް ސީނިއާ ވެސް ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: