ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ލިބިއްޖެ، ކުރިއަށް ދާނެ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށާއި އެމައްސަލަ ކުރިއަށް ދާނެ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ރައްޔޮތުންގެ މަޖިލީހުގެ އިދާރައިން ބުނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ރައީސް  ނަޝީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައި އެކަން މަޖިލީހަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއެކުގައެވެ.

ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ނިންމުމާއި ގުޅިގެން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ 28 ސޮއިގެ އިތުރުން ޖުމްލަ 54 ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ މީގެ ކުރިން ބުނެފައެވެ އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޓްވިޓަރގައި ވަނީ 54. ހަމަވެފައިވާ ކަން އިއުލާން ކުރައްވާފައެވެ. ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުންނާއި އިދިކޮޅުގެ ބައެއް މެމްބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް އަމަލުކޮށް މަޖިލީހުގެ ނިޒާމް ގެއްލޭ ފަދަ އަމަލުތައް ކުރެއްވުމާއި ބަހުސް ތަކުގައި ބައިވެރިވުމުގެ އިތުރުން މެމްބަރުންނާއި މެދު ތަފާުތު ކުރުންތައް ގެންގުޅު،މާއި މަޖިލީހުގެ ކޮމީޓީތައް އަލުން އެކުލަވާލުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލިސް ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލިސް މެމްބަރުންގެ ތެރެއިން ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ މަދުނޫން އަދަދެއްގެ މެމްބަރުން ސޮއިކޮށް، މައްސަލަ އެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލިހަށް ފޮނުުވުމުން ކަމަަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: