ދިވެހިރާއްޖެއަށް އައިއެމްއެފްއިން އެހީ ހޯދަން ނުޖެހޭނެކަމަށާއި ކްލައިމެޓް ވަނަރަބަލް ފޯރަމް(ސީވީއެފް)އިން ބޭނުންވާ އެހީ ދޭނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެ ޖަމިއްޔާގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މާލީ ހާާލާތު ދަށްވުމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުންދަނީ ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ އައިއެމްއެފްއިން އެހީ ހޯދުމަށް މަސައްކަތްކުރަމުންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެ ވާހަކަތައް ދޮގުކުރައްވާފައިވާއިރު ސަރުކާރުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަމަށް ބޭނުންވާ ލިޔެކިއުންތައް ސިއްރިއްޔާތުގައި އެކުލަވާލަމުންދިޔަކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވައި ރައީސް ނަޝީދުވަނީ މިހާރު ކަންކަން ދާ މިސްރާބާއިމެދު އެއްބަސްވެވަޑައިނުގަންނަވާކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސީވީއެފްގެ މެމްބަރު ގައުމުތަކަށް މާލީ ދަތިތަކުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރު ނުވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސީވީއެފްގެ ސެކްރެޓޭރިއެޓްއިން ރާއްޖެއަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ސަޕޯޓެއް ފަހިކޮށްދެއްވާނެކަމަށާއި ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއިތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސީވީއެފްއިން ހުށައަޅާ ހައްލުތަކުގެ ތެރޭގައި މޫސުމީ މައްސަލަތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތައް އެޅުމަށް އެއްބަސްވުމުން ދަރަނީގެ ބައެއް ކެނޑިގެންދާނެ ގޮތަށް އެއްބަސްވުންތައް ގާއިމުކުރުން ހިމެނޭކަމަށެވެ.


One Response
އެމްޑީޕީ ވެރިކަމުން ފޭބި އިރު.. 120 ބިލިޔަން ދަރާފަ އެސްޑީއެފް ހުރި ޑޮލަރުތަށް ހުސްވެފަ ކުންފުނިތަށް ބިލިޔަނުން ދަރާފާ ކަނޑުން ބައެއް ގެއްލިފަ ގައުމުގެ ޗާޓް ބަޔަކަށް ދީފަ ކުންފުނިތަލަށް އެކަށީގެން ނުވާވަރަށް ހާހުން މީހުންވައްދާ ބަޖެޓުން މުސާރަ ދޭން ޖެހިފަ ބަދަލުގެ ގޮތުގައި ބިލިޔަނުން ލާރި ބަހާފަ 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފަ ބްރިޖް ނޭޅުނު،ފުލެޓް ނޭޅުނު، އެއާޕޯޓް ނުހެދުނު،ބިން ހިއްކާ ގޯތި ނުދެވުނު ގައުމު މިއޮތީ ބޮޑު އަދަނވަޅަކަށް ވައްޓާލާފަ.ވިސްނާ