ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ އެއްދުވަހު އެޖެންޑާ ކުރެވުނު ނަމަވެސް އެކަން ކުރިއަށް ގެންގޮސްގައިނުވާ ކަމަށެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަކި ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ރައީސް ކަަމަށެވެ. ނަމަވެސް ރިޔާސަތަށް ފިއްލަވައި ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެ ވަޑައިގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު މަޖިލީހަށް ހާރިޒުވެ ވަޑައިގެންފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

ޝަރީފް ހުށަހެޅި އިމްތިޔާޒާއި ބެހޭ މައްސަލަ އަށް މަޖިލީހުގެ އެކި މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެގެންދިޔައެވެ.

މަޖިލީހުގައި ނިޒާމީ ނުކުތާ ނެގުމަށް ވަކި މީހަކަށް ފުރުސަތުދީގެން ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވާތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ. އީވާ ވަކި ކުރުމަށް ހުށަހެޅި ގަރާރުގައި އޭނާ އެމްޑީޕީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމާއި އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ގަބޫލު ނުކުރެވޭނެ ކަމަށް ޕީޖީ ގްރޫޕުން ދެކޭތީ ވަކި ކުރުމަށް ނިންމި ކަން ފާހަގަ ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: