ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ރިޔާސަތުގައި ނީންދެވޭނެކަމަށް އަސްލަމް ނުބުނާނެ، ނުވެސް ބުނެވޭނެ: ރޮޒައިނާ

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސަތުގައި ނީންދެވޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ނުބުނެވޭނަކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތާ ދުވަސްތަކަކަށްފަހު، އެމްޑީޕީގެ ޕީޖީ ގުރޫޕުންވަނީ އެމަނިކުފާނު ރިޔާސަތުން ދުރުކުރުމަށް މަސައްކަތައް ފަށާފައެވެ.

ރައީސް ނަޝީދަށް ރިޔާސަތުގައި ނީންދެވޭނެކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް ފާހަގަކުރައްވާފައިވުމާއިއެކު، ރޮޒައިނާވަނި އަސްލަމް ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަސްލަމްއަކަށް އެފަދައިން ވިދާޅުނުވެވޭނެކަމަށެވެ. އަދި ވިދާޅުވެފައިނުވާކަމަށާއި އެހެންނަމަވެސް މަޖިލީހުގެ ގަވައިދަށް ބެލުމުން އެމަނިކުފާނުގެ މައްސަލަ ހުށައެޅުނުތާ 14 ދުވަސްވަންދެން އިނދެވޭނެކަން ސާފުވާކަމަށެވެ. އެހެންނަމަވެސް އެއަށްފަހު އެންމެ ފުރަތަމަ އެޖެންޑާ ކުރެވެންޖެހޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާ ފާހަގަކުރެއްވިގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދާނެއެވެ. އަދި އެ މައްސަލަ ކުރިއަށް ދާއިރު، ރައީސް ނަޝީދަށް ރިޔާސަތުގައި އިނދެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ، އީވާ ނައިބުރައީސްކަމުން ދުރުކުރުމަށް ފާސްނުވެއްޖެ ހާލަތެއްގައި، މަޖިލީހުގެ ރައީސްގެ މައްސަލަ ކުރިއަށް ދާ އިރު، އީވާއަށް ރިޔާސަތު ބެލެހެއްޓެވިދާނެކަމަށެވެ. އަދި ވަކި ކުރުމަށް ފާސްވެއްޖެ ހާލަތެއްގައި، ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާއިރު، ރިޔާސަތުގައި އިންނަވާނީ އަލަށް އައްޔަނުކުރެވޭ މަޖިލީހުގެ ނައިބުރައީސްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް ނަޝީދާއި އީވާއަށް ފާޑުވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ، އެ ދެ ބޭފުޅުންނަކީ އެއްވެސް ގޮތެއް ހުރި ބޭފުޅުންތަކެއް ކަމަށްވާނަމަ، މިހާރު އިސްތިއުފާ ދެއްވީސްކަމަށެވެ. އޭނާ ވިދާޅުވީ އަހުލާގުގެ އެއްވެސް މިންވަރެއް ހުރިނަމަވެސް، 50 މެމްބަރުގެ ސޮއި އާއިއެކު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވުމާއިއެކު، އިސްތިއުފާދޭނެކަމަށެވެ. އެހެެންނަމަވެސް މަޖިލީހުގައި ސަރުކާރުން މަރުތަޅު އެޅުވި ވާހަކަދައްކަވަން ދެ ބޭފުޅުންވެސް ތިއްބެވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: