ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ބުއްދިއެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިންމާލެވުނީސް: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ސިކުނޑީގެ ބޭނުންކުރައްވަން އެނގިވަޑައިނުގަންނަވާ ފަރާތެއްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސިފަކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި، އެ ދެ ބޭފުޅުންވެސް ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުންދަނީ މަސައްކަތްކުރަމުންނެވެ. އުފެދިފައިވާ މައްސަލައިގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވަނީ ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ސިކުނޑި ބޭނުންކުރައްވަނީ، ރާއްޖެއަށް އިންގިލާބީ ބަދަލުތައް ގެނެސްދެއްވުމަށްކަމަށާއި އެމަނިކުފާނު ސެލްފީ ނެންގެވުމަށް ނުއުޅުއްވާކަމަށް އިމްތިޔާޒްވަނީ ފާހަގަކުރައްވާފައެވެ.

އިމްތިޔާޒް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވިގޮތުން، އެމަނިކުފާނަކީ ސިކުނޑިއެއް އިން ނަމަވެސް އެ ބޭނުންކުރެއްވުމުގެ ގާބިލުކަން ހުންނެވި ފަރާތެއް ނޫނެވެ. އޭނާ ވިދާޅުވީ، އެފަދަ ގާބިލުކަމެއް އެމަނިކުފާނުގެ ކިބައިގައި ހުންނެވިނަމަ، ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވުމުގެ ބުއްދި ހުންނާނެކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމު ދިނުމުން، ފަސް އަހަރު ދުވަހު އެ މަގާމުގައި ހުންނެވުމަށް އިތުބާރު ހިފެހެއްޓުވުމުގެ ގާބިލުކަންވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ، އެފަދަ ގާބިލުކަމެއް ހުރިނަމަ، އެމަނިކުފާނަށް އެމްޑީޕީގެ އާންމު މެމްބަރުންގެ އިތުބާރުވެސް ގެއްލިގެން ނުދާނެކަމަށެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު ސިކުނޑި ބޭނުންކުރައްވަނީ، އަމިއްލަ އެދުންތައް ފުއްދެވުމަށް ގޮތްތައް ހޯއްދެވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެންމެހާ ކަންކަންވެސް ވާންޖެހެނީ އެމަނިކުފާނު ބޭނުންވާ ގޮތަކަށްކަމަށެވެ. އަދި އެއްވެސް އެހެން ފަރާތެއްގެ މަޝްވަރާ އެމަނިކުފާނު ބަލައިނުގަންނަވާކަމަށާއި، އެމަނިކުފާނު ފެއިލްވުމަށް ދިމާވަނީވެސް އެ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ، އެމަނިކުފާނު ފެއިލްވާން ދިމާވަނީ ނަމުން ޑިމޮކްރެޓިކް އެހެންނަމަވެސް ކަމުން ހުދުމުހުތާރުވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: