ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަދި ސޭޝެލްސް ދެމެދު ސަލާމަތީ އެއްބަސްވުމެއް ގާއިމުކޮށްފި

ރާއްޖެ އަދި ސޭޝެލްސްގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަދި ސޭޝެލްސް ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާގޮތުން، ރާއްޖެ އަދި ސޭޝެލްސް ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުރި ސަލާމަތީ މައްސަލަތައް ހަލުކުރުމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، މި ސަރަހައްދުގައި އަމަން އަމާންކަން ގާއިމުކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާކަމަށްވެސް ބުނެފައިވެއެވެ.

މި އެއްބަސްވުން ގާއިމު ކުރެވިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ބައްދަލުކުރެއްވުމަށްފަހު، ދެ ގައުމުން ގުޅިގެން ނެރިފައިވާ ބަޔާނެއްގައެވެ. ސޭޝެލްސްގެ ރައީސް ރާއްޖެވަޑައިގެންފައިވަނީ ރަސްމީ ދަތުރުފުޅެއްގައެވެ.

ސޭޝެލްއަކީ ރާއްޖެއާއި އެއްފަދައިން އިންޑިއާ އާއިއެކު، ގާތް އަސްކަރީ ގުޅުންތަކެއް ބާއްވަމުންދާ ގައުމެކެވެ. ސޭޝެލްސްގެ އިތުރުން މޮރިޝަސް އަދި ލަންކާއަކީވެސް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ގްރިޑުގައި މުހިންމު ރޯލުތަކެއް އަދާކުރަމުންދާ ގައުމުތަކެވެ.

ރައީސް ރާމްކަލަވާން ވަޑައިގެން ރައީސް ސާލިހާއި ބައްދަލުކުރެއްވުމަށްފަހު، ރައީސް އޮފީހުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، މިއީ އެ ގައުމުގެ އިސްވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އެހެންކަމުން މިއީ ތާރީހީ ދަތުރެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ވަނީ މި ބައްދަލުވުމުގައި އެމަނިކުފާނު 2019 ގައި އެ ގައުމަށް ކުރެއްވި ދަތުރުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައިކަމަށްވެސް ބުނެފައިވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: